ރިޕޯޓް

ހުސެން އީޖާދު ކުރި ހުނިގާނާ މެޝިން ވަރަށް ސަޅި!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ހުސެން އީޖާދުކޮށްފައިވާ ހުނިގާނާ މެޝިނުް

ދުވަހުގެ ބިޒީ ޝެޑިއުލްގެ ތެރެއިން ލިބުނު ވަގުތު ކޮޅެއްގައި ފޭސްބުކް ހާވާލީމެވެ. ދެތިން ފަހަރަކު ސްކްރޯލް ކޮށްލިތަނާ އަޅަައިގަތީ ކުޑައިރުންސުރެ ގާތް ކުއްޖެއް ކަމަށްވާ ހުސެންގެ ޕޯސްޓެކެވެ. ފަހާފޮއްޓެއް ބޭނުން ކޮށްގެން ހަދައޮފައިވާ ހުނި ގާނާ މެޝިނެކެވެ. ޓެސްޓިން ބުރެއްކަމަށް ބުނެ ފޭސްބުކަށް ދޫކޮށްލައިފައިވާ އެޕޯސްޓުން ފެންނަނީ ފަސޭހަކަމާއި އަވަސް ކަމާއެކު އެ ފޮށިން ހުނި ގާނަމުންދާ މަންޒަރެވެ. ވަގުތުން ހުސެންއަށް މެސެޖުކޮށްލީމެވެ. އެ މެޝިނަށް އުފެދުނު ޝައުގެއްގެ ބޮޑުކަމުންނެވެ.

Ads by MWSC

"ހުނި ގާނާ ތިލައެއް ލާފަ އިންނާނީ. ކަރަންޓުން ގާނާލެވޭނެ." މިއީ ށ. ކަނޑިތީމަށް އުފަން ހުސައިން ރާޝިދު އަމިއްލައަށް އީޖާދު ކުރި ހުނި ގާނާ މެޝިނާ ބެހޭގޮތުން އެންމެ ފުރަތަމަ ވެސް ބުނި ބަހެވެ.

ހުސެން އީޖާދު ކުރި ހުނި ގާނާ މެޝިނު

އެ ހިޔާލު އައި ގޮތާ ދޭތެރޭ ސުވާލުކޮށްލުމުން ހުސެން ބުނީ އެއީ ހަލާކުވެގެން އެއްލައިލައިފައި އޮތް ކަރަންޓު ފަހާފޮއްޓެއް ކަމަށާއި ހުނިގާނާ މެޝިނުގެ ޚިޔާލަކީ އެ ފަހާފޮށީގެ ބޭނުން ކުރާނެ ގޮތެއް ވިސްނަނިކޮށް އައި ޚިޔާލެއްކަމަށެވެ.

"ވަރަށް ކުރިންސުރެ ވެސް ވިސްނަށް ގޭތެރޭގައި އުޅޭ މީހުންނަށް ފަސޭހަވާނެ އެއްޗެއް ހަދާލަން. ކަރަންޓު ހުނިގޮނޑިއެއް ހަދައިދޭން. ދެން ތީ ހަމަ ހަލާކުވެގެން އެއްލާލަން ބާއްވާފައި އޮތް ފަހާފޮއްޓެއް. އޭގެ ބޭނުން ކުރާނެ ގޮތަކާ ދޭތެރޭ ވިސްނަނިކޮށް ހިތަށް އެރީ މިހެން ހަމަ ބޭނުން ކުރެވޭތޯ ބަލަން" ކަރަންޓް ހުނިގާނާ މެޝިނުގެ ޓެސްޓު ބުރަށް ފަހު ހިތްހަމަޖެހިފައި ހުރި ހުސެން ބުންޏެވެ.

ހުސެންގެ ކަރަންޓު ހުނިގާނާ މެޝިނުގެ ޓެސްޓު ބުރަށް ފަހު އެންމެން ވެސް ވަރަށް ހިތްހަމަޖެހިފައި ތިބި ކަމަށާއި ވަރަށް ތަރުހީބު ދިން ކަމަށް ހުސެން ބުންޏެވެ. އަދި މި ކަރަންޓު ހުނި ގޮނޑިއަށް ފަރިތަވުމުން އާދައިގެ ހުނި ގޮނޑިއަކަށް ވުރެ އެތައް ގުނައެއް ފަސޭހަވެ ވަގުތު ސަލާމަތްވާނެ ކަމަށް ހުސެން ބުންޏެވެ.

ހުސެން އީޖާދު ކޮށްފައިވާ މިމެޝިނާ އެކު ބޮޑެތި ކެއްކުންތައް އޮންނަ ދުވަސް ދުވަހާއި ހަވާދު ހެދުން ފަދަ ކަންކަން އޮންނަ ދުވަސްދުވަހު އަންހެންވެރިންނަށް ވަރަށް ލުއިވެ މަސައްކަތުގެ ވަގުތު ކުރުކޮށްދީ ހައްޓަށް ފަސޭހަވާނެއެވެ.

މިފަދަ އާ އީޖާދުތައް ހުސެންގެ ފަރާތުން ފެނުމަކީ "ދެން"ގެ ވެސް އުއްމީދެކެވެ.

ދިވެހިންގެ މިފަދަ އައު އީޖާދުތައް މިފަހަކަށް އަައިސް އެކިއެކި ސޯޝަލް މީޑިޔާ ޕްލެޓްފޯމުތަކުގައި ފެންނަމުން ދެއެވެ. މިގޮތުން ބަލައިލާ އިރު ކޮވިޑް19 ގެ ހާލަތުގައި ދިވެއްސެއް ވަނީ ވެންޓިލޭޓަރެއް އުފައްދައި އެވެންޓިލޭޓަރ ވެސް ޓެސްޓް ކޮށްފައެވެ.

Ads by HDC
  1. ހުދުމާ

    ވީޑިއޯ ބޭނުމީ

  2. އޭ އާރ

    މީގެ 25 ހަކަށް އަހަރު ކުރިން އަޅުގަނޑު ކޮއްކޮ އުފެއްދި ހުނިގާނާ މެސިން ތިމެސިނަށްވުރެ ކުދަވެފަ ރީތި، މހާރުވެސް ބަރާބަރަށް މަސައްކަތް ކުރޭ.

  3. ީެެޮުދޖނދނސ

    އިންވެންޝަން އާއި އިނޮވޭޝަން ގެ ތަފާތެއް ހުރޭ..

  4. ކުރިމަގު

    ތިކަހަލަ ހުނަރުވެރިންނަށް ސަރުކާރުން ހިއްވަރުދީ ކުރިއަރުވަން މަސައްކަތް ކުރާނަމަ ދިވެހިރާއްޖެއަކީ ދުނިޔޭގެއެއްވަނައިގައޮންނާނެ ތަނެއް

    ގގ
    ެއްއްއްއްއްއްއްއ

  5. ފަހާފޮށު

    ތި މެޝިން ގަންނަން ބާ ފަހާފޮއްޓަކާއެކު ކިހާވަރެއް؟