Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ލުއި ޚަބަރު

ކޮމެންޓް ކޮށްގެން ލައްކަ އަކަށްވުރެ ގިނަ ރުފިޔާ ލިބޭ ކަމަށް ބުނެ، މީރާ ގެ ލަވައެއް ބޭނުންކޮށްގެން ބޮޑު އޮޅުވާލުމެއް

ކޮމެންޓް ކޮށްގެން ލައްކަ އަކަށްވުރެ ގިނަ ރުފިޔާ ލިބޭ ކަމަށް ބުނެ، މީރާ ގެ ލަވައެއް ބޭނުންކޮށްގެން ބޮޑު އޮޅުވާލުމެއް

ކޮމެންޓް ކޮށްގެން ލައްކަ އަކަށްވުރެ ގިނަ ރުފިޔާ ލިބޭ ކަމަށް ބުނެ، ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދުގެ ލަވައެއް ބޭނުންކޮށްގެން ބޮޑު އޮޅުވާލުމެއް ހިންގައިފިއެވެ.

މި ހަރަކާތް ހިންގާފައިވަނީ ރޭގެ ވަގުތެއްގައެވެ. ފޭސްބުކް ލައިވް އެއްގެ ގޮތުގައި މީރާގެ ލަވައެއް ބޭނުންކޮށްގެން ކުރިޔަށްގެންދިޔަ މި ހަރަކާތުގައި ބުނެފައި ވަނީ އެ ވީޑިއޯއިން ފެންނަ ނަމްބަރު ދިމާ ކުރާ ފަރާތަކަށް 10،000 ޑޮލަރު ދޭނެ ކަމަށެވެ.

ފޭސްބުކް ލައިވް އެއްގެ ގޮތުގައި މީރާގެ ލަވައެއް ފެނުނު ނަމަވެސް އެއީ މާ ކުރިން މީރާ ކިޔާފައިވާ ލަވައެއްގެ ވީޑިއޯއެކެވެ. މި ޕޯސްޓަށް ގިނަ މީހުން ކޮމެންޓް ކޮށްފައިވީ ނަމަވެސް މިއީ އޮޅުވާލައިގެން ކޭޝް ކާޑުގެ މައުލޫމާތު ހޯދަން ހިންގާ ޖަރީމާއެކެވެ.

Advertisement
Ooredoo — Truecaller (box)

އިއްޔެގެ ވަގުތެއްގައި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމްގެ ލައިވް ވީޑިއޯއެއްގެ ގޮތުގައި ފޭސްބުކްގައި ވަނީ ހަރަކާތެއް ހިންގާފައެވެ. އޮޅުވާލައިގެން ކޭޝް ކާޑުގެ މައުލޫމާތު ހޯދުމަށް ޝަލަބީގެ އެ ވީޑިއޯގެ ތިރިއަށް "ސަލާމް" މިހެން ލިޔެލާ ކޮމެންޓްކުރާ ފުރަތަމަ 500 ފަރާތަކަށް 5000 ޑޮލަރު ލިބޭނެ ކަމަށް ވީޑިއޯއާއެކު ލިޔެފައިވާ ލިޔުމުގައި ބުނެފައި ވެއެވެ.

މީހުންގެ އަތުން އޮޅުވާލައިގެން ފައިސާ ހޯދާ، ކޭޝް ކާޑުގެ މައުލޫމާތު ހޯދުން މިހާރު މިވަނީ އާއްމު ކަމަކަށް ވެފައެވެ. ބީއެމްއެލް ކޭޝްކާޑުގެ މައުލޫމާތު ހޯދަން ބެންކުން ފިޔަވާ އިތުރު އެއްވެސް ފަރާތަކުން ގުޅިޔަސް ޖަވާބު ނުދިނުމަށް ބެންކުން ދަނީ އާންމުންނަށް އިލްތިމާސް ކުރަމުންނެވެ. މީހުންގެ އަތުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ ގޮތުން ހިންގާ މިފަދަ ބޮޑެތި ޖަރީމާތައް ފަހަކަށް އައިސް ވަނީ ގިނަވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް