ޚަބަރު

ނަފުރަތުގެ ބިލާ ދެކޮޅަށް 25 ގަޑިއިރުގެ ޓެލެތޯނެއް ކުލަބް ހައުސްގައި ބާއްވައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި، ސިފަކުރުމުގައި ބައިވެރި ވުމާއި އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއްކަމުގެ ތުހުމަތު ކުުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުށައެޅުއްވި ބިލާ ދެކޮޅަށް ރައްޔިތުންގެ އިއްތިޙާދުން 25 ގަޑިއިރުގެ ޓެލެތޯނެއް ކުލަބް ހައުސްގައި ބާއްވައިފިއެވެ.

Ads by MWSC

ނަފްރަތުގެ ބިލާ ދެކޮޅަށް އިއްޔެ ހެނދުނު 10އިން ފެށިގެން މިއަދު ހެނދުނުގެ 11އަށް މި ޓެލެތޯން ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މިތެލެތޯންގައި އެކިއެކި ދާއިރާތަކުގެ ފަންނީ ބޭފުޅުންނާއި އާއްމު ރަައްޔިތުން ވެސް ވާހަކަދައްކައި ހިޔާލު ފާޅުކޮށްފައި ވާކަމަށް ރައްޔިތުންގެ އިއްތިހާދުން މައުލޫމާތުދެއްވައެވެ.

މިތެލެތޯންގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވީ މަޖިލީހުން އެހެނިހެން ބިލް ތަކުގެ ކޮމެޓީ މަރުހަލާގައި އެ ދާއިރެއްގެ ފަންނީ ތަޖުރިބާކާރުންގެ ލަފާ ހޯއްދަވާ ކަމަށާއި މި ބިލާ މެދު އެފަދަ ގޮތަކަށް ޢަމަލު ކުރެވިފައި ނުވާ ކަމަށެވެ. އަދި މިބިލާ އަބަދުވެސް ދެކޮޅަށް ހުނާނަވާނެ ކަމުގެ ޔަޤީންކަން މޮސްޓާ ވަނީ ރައްޔިތުންނަށް ދެއްވައިފައެވެ.

މީގެ އިތުރުން ޓެލެތޯންގައި ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ގިނަ ބޭފުޅުން ވެސް ބައިވެރި ވެލައްވައިފައި ވެއެވެ. އޭގެ ތެރޭގައި ޑރ.އާދަމް ޝަމީމް، ޝައިޚް، ޝައިޚް ފިރުޒުލް ،ޝައިޚް އަފްޒަލް އަދި ޝައިޚް އާދަމް ނިޝާން، ޝައިޚް ޝުޢައިބު ނާޒިމް އާއި، ޝައިޚް ރާފިޢު އަދި ޝައިޚް ޒަމްޒަމް ފާރިޝް ހިމެނިވަޑައިގަންނަވައެވެ. އަދި މީގެ އިތުރުން ޤާނޫނީ ވަކީލު މުހައްމަދު ތަސްލީމް ވެސް ވަނީ މި ބިލްގައި ހުރި ޤާނޫނީ މައްސަލަތަކަށް އަލި އަޅުއްވައި ވަނީ ވާހަކަ ދައްކަވައިފައެވެ.

Ads by Allied Insurance
  1. އަހްމަދު

    ނަޝީދު ލޮލައް ނިދި ނާންނާނެ ތިބިލު ފާސްކޮށްފަ ނޫނީ،މިވަގުތު ރައްޔިތުން ފިނި ކޮށްލަން މަޑުޖައްސާލީ ބަލަން ތިބެތި، ދެންއަންނައިރު މާނުރައްކާ ކޮށް ބިލް އޮންނާނި

  2. ޑީމަކްރަތީ

    ލާދީނީ ބިލުގެ އާމާލު ކުލޫނީ އޮރިޔާން ނިވާނުކުރާ ހިތުން އަދުލްއިންސާފު މިނުލަފާއަންހެނާގެލޯފާމުން ހުކުންނެރޭ ހީސާނުމެން މިހާރު ނިމުމުގެ ކޮޅުމަރިފެނޭ؟