Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ނަފްރަތުގެ ބިލް އަނބުރާ ކޮމިޓީއަށް ފޮނުވަން އެމްޑީޕީގެ ޕީޖީން ނިންމައިފި

ނަފްރަތުގެ ބިލް އަނބުރާ ކޮމިޓީއަށް ފޮނުވަން އެމްޑީޕީގެ ޕީޖީން ނިންމައިފި

ނަފްރަތުގެ އަމަލުތައް ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ޓަކައި ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށް ހުށައަޅާފައިވާ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ވެރިކަން ކުރާ އެމްޑީޕީގެ ޕީޖީން ނިންމައިފިއެވެ.

"ހިސާނު ބިލް" އަނބުރާ ކޮމިޓީއަށް ފޮނުވައިލާން ހުށައެޅުއްވީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި އެ ބިލު ދިރާސާކޮށް ޖުޑިޝަރީ ކޮމިޓީން އެކުލަވައިލި ރިޕޯޓް ހުށަހެޅުން މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރިއެވެ.

Advertisement
Allied Insurance — Square (box)

ނަމަވެސް މަޖިލިސް ޖަލްސާގެ ކުރިން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ބައްދަލުވުމުގައި ގިނަ މެންބަރުންގެ ތާއީދުން ނިންމީ ބިލުގައި އަދިވެސް އިސްލާހު ކުރަން ޖެހޭ ގިނަ ކަންކަން ހިމެނޭތީ އަނބުރާ ކޮމިޓީއަށް ފޮނުވައިލުމަށެވެ.

ނަފްރަތުގެ ބިލު ކޮމިޓީއަށް އަނބުރާ ފޮނުވާލުމަށް އެމްޑީޕީން ނިންމީ މި ބިލު ދިރާސާކުރުމަށް ފަހު ޖުޑިޝަރީ ކޮމިޓީން ގެނައި އިސްލާހުތަކަށް ވެސް ފާޑުކިއުން އަމާޒުވެފައިވަނިކޮށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް