Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ނަފުރަތުގެ ބިލް އަނބުރާ ކޮމިޓީއަށް، ދެކޮޅު ހެއްދެވީ ތިން މެންބަރަކު

ނަފްރަތުގެ އަމަލުތައް ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ޓަކައި ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށް ހުށައަޅައިފައިވާ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވައިލައިފިއެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށައެޅުއްވި މި ބިލު އަނެއްކާ ވެސް ކޮމިޓީއަށް ފޮނުވުމަށް 39 މެމްބަރުން ވޯޓު ދެއްވިއިރު މިކަމާ ދެކޮޅަށް ތިން މެމްބަރަކު ވޯޓު ދެއްވިއެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެމްބަރަކު ވެސް ތިއްބެވިއެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލު އަނބުރައި ފޮނުވާލާން ހުށަހެޅުއްވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމެވެ.

Advertisement
Ooredoo — Truecaller (box)

ބިލު ފާސްކުރުމާ ގުޅޭ ގޮތުން ކުރިއަށް ދިޔަ ބަހުސްގައި އެމްޑީޕީން ބައެއް މެމްބަރުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން ބިލު ސްޕޮންސާ ކުރުމަށް ފަހު ބިލުގެ ދިފާއުގައި ނުނިކުންނަވައި ބިލު ހުށަހެޅުއްވި ހިސާން ނުރައްކަލަށް ހުށަހެޅުއްވި ކަމަށް އެ މެންބަރުން ތުހުމަތު ކުރެއްވި އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް