ޚަބަރު

އިސްލާމްދީނުގައި އެކަމަށް ކުޑަވެސް ފުރުސަތެއް އޮތްނަމަ މިޔުޒިކް ކުޅުން ހުއްޓައެއް ނުލާނަން: އަލީ ރަމީޒު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިސްލާމްދީނުގައި އެކަމަށް ކުޑަވެސް ފުރުސަތެއް އޮތްނަމަ މިޔުޒިކް ކުޅުމާއި ލަވައަޑުއެހުން ހުއްޓައި ނުލާނެ ކަމަށް ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒު ބުނެފިއެވެ.

Ads by Hajj Corporation

ޖަމްއިއްޔަތުއް ސަލަފްގައި މިހާރު ހިމެނޭ އަލީ ރަމީޒު މިހެން ބުނީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ އަނބިކަބަލުން ނަޒްރާ ނަސީމް (ނަޒޫ)، ލަވަކިޔުން ހުއްޓައިނުލެވޭނެ ކަމަށާއި އޭނާ އަޑުއަހާ ލަވައަކުން އެހެން މީހެއްގެ ކަންފަތަށް ހިތަށް އުނދަގުލެއް ނުވާނެ ކަމަށް ވިދާޅުވެ ކުރެއްވި ޓުވީޓަކަށް ރައްދުދެމުންނެވެ.

އެ ޓްވީޓަށް ރައްދު ދެމުން އަލީ ރަމީޒް ބުނީ، މިއުޒިކް ކުޅުމާއި ލަވަ އަޑުއެހުމަށް ކުޑަ ވެސް ފުރުސަތެއް އޮތް ނަމަ އެކަން އޭނާ ހުއްޓާނުލީސް ކަމަށެވެ.

"މިއުޒިކް އަޑުއެހުމާއި އެފަދަ ކަންތައްތަކުން ދުރުވުމުގެ ހެޔޮ ތައުފީގު މާތް ﷲ ތިބާއަށް ދެއްވާށި!" ނަޒޫއަށް ހެޔޮ ދުއާ ކުރަމުން އަލީ ރަމީޒް ބުނެފައިވެއެވެ.

އެ އަޑަކަށް ގިނަ ބަޔަކު ހިތްކީ އަލީ ރަމީޒް ލަވަކިޔުން ހުއްޓައިލީ 2003 ވަނަ އަހަރުގައެވެ. އެއަށް ފަހު ދީނީ ނަސޭޙަތް ދިނުމާއި މަދަހަ ކިޔުމުގައި އަލީ ރަމީޒް މަޝްޢޫލްވެގެން އުޅުނެވެ. އަލީ ރަމީޒް ބުނީ، މިޔުޒިކަށް ނަފްރަތު ކުރާ ކަމަށާއި އޭނާ ކުރިން ކިޔައިފައި އެވާ ލަވަތައް އަޑު އެހުން ވެސް ހުއްޓާލަން އެދޭ ކަމަށެވެ. އަދި މިޔުޒިކު ކުޅުމާއި ލަވަކިޔުން ހުއްޓައިލީ އެއީ އިސްލާމް ދީނުގައި ހަރާމް ކަމަކަށް ވާތީ ކަމަށް ވެސް އަލީ ރަމީޒް ބުންޏެވެ،

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!