ބޮމުގެ އިންޒާރުދިން މީހާގެ ބަންދަށް 7 ދުވަސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ މުލިއާގެ ކައިރިއަށް ގޮސް، އެ ތަން ގޮއްވައިލާނެ ކަމަށް ބުނެ އިންޒާރު ދިން މީހާގެ ބަންދަށް ހަތް ދުވަސް ކޯޓުން ޖަހައިފިއެވެ.
"ދެން"އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މުލީއާގެ ކައިރިން ދަމުން އަތުގައި ބޮމެއް އޮތް ކަމަށް ބުނެ އިންޒާރުދިނުމާއި ގުޅިގެން 2 މީހުން ހައްޔަރު ކުރެވުނު ކަމަށާއި މިހާރު ބަންދުގައި ހުރީ އެކަކު ކަމަށެވެ. އަދި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިިއްޔެ ވަނީ 7 ދުވަސް ޖަހައިފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ މުލިއާގެ ކައިރިއަށް ދިޔަ 2 މީހަކު އެމީހުން ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތް ކަމަށް ބުނުމާ ގުޅިގެން އެ ދެމީހުންގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މި މަހުގެ 9 ވަނަ ދުވަހުގައެވެ. މިކަމާ ގުޅިގެން ފުލުހުންނާއި ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވިއެވެ.