Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޢީދު ބަންދުގައި ކުށުގެ ރެކޯޑު ސާފުކުރުން މެދުކެނޑޭނެ

ޢީދު ބަންދުގައި ކުށުގެ ރެކޯޑު ސާފުކުރުން މެދުކެނޑޭނެ

ކުރިއަށް އޮތް ޢީދުގެ ބަންދު ދުވަސްތަކާއި، މިނިވަން ދުވަހާ ގުޅިގެން އަންނަ ސަރުކާރު ބަންދު ދުވަސްތަކުގައި ކުށުގެ ރެކޯޑު ސާފުކޮށްދިނުން މެދުކެނޑޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވިދާޅުވެއްޖެއެވެ.

ޑީޖޭއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ މާދަމައަށް ފަހު އެ އިދާރާއަށް ކުށުގެ ރެކޯޑު ސާފުކުރުމަށް ހުށަހަޅާ ފޯމުތަކުގެ ރެކޯޑު ސާފުކޮށްދެވޭނީ ބަންދު ދުވަސްތަކަށް ފަހު ސަރުކާރު ހުޅުވުމުން ކަމަށެވެ.

https://twitter.com/judiciarymv/status/1414447817372823555?s=21

Advertisement
HDC — Sidebar (box)

ޑީޖޭއޭއިން ވިދާޅުވީ ރެކޯޑު ސާފުކުރުމަށް ހުށަހަޅާތާ ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި ރެކޯޑު ސާފުކޮށްދެމުން ގެންދިޔަ ނަމަވެސް، އަންނަ އަޟުޙާ ޢީދާއި މިނިވަން ދުވަހާއި ގުޅިގެން 18 ޖުލައި އިން 27 ޖުލައި 2021 އަށް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސަވާފައި ވާތީ، 13 ޖުލައި 2021 ދުވަހުގެ ފަހުން އެ ޑިޕާޓްމަންޓަށް ރެކޯޑު ސާފުކުރުމަށް ހުށަހަޅުއްވާ ފޯމުތަކުގެ ރެކޯޑު ސާފުކޮށް ނިންމައިދެވޭނީ ބަންދު ދުވަސްތަކަށް ފަހު ސަރުކާރުގެ އޮފީސްތައް ހުޅުވުމުންކަމަށެވެ.

 

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް