Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ގަމާއި ފޮނަދޫ މޮނިޓަރިންގެ ހާލަތުން ވީއްލައިފި

81 ދުވަސް ފަހުން ލ.ގަމާއި ފޮނަދޫ މޮނިޓަރިންގެ ހާލަތުން ވީއްލައިފިއެވެ.

ގަން އަދި ފޮނަދޫ މޮނިޓަރިންނަށް ލައިފައި ވަނީ އޭޕްރީލް މަހު 24 ވަނަ ދުވަހުއެވެ. މި ދެ ރަށަކީ މިވަގުތު މޮނިޓަރިންގައި ދެވަނައަށް އެންމެ ގިނަ ދުވަސްވީ ރަށްތައްކަން ފާހަގަކޮށްލެއެވެ.

އެއްފަސްކޮށް އޮންނަ ގަމާއި ފޮނަދޫ މޮނިޓަރިންނަށް ލައިފައި ވަނީ ގަމާ އިންވެގެން އޮންނަ ލ.މާންދޫން ފެނުނު ކޮވިޑް-19 ވޭދަނަތަކާ ގުޅުން ހުރި ބަަޔަކު އެ ދެ ރަށުން ބައްޔަށް ފައްސިވުމާ ގުޅިގެންނެވެ.

Advertisement
Allied — Dhen Online (box)

ފޮނަދޫން ކޮވިޑް-19 ޖެހިފައިވަނީ ޖުމްލަ 67 މީހެކެވެ. އަދި ގަމުން މި ބަލި ޖެހިފައިވަނީ ޖުމްލަ 345 މީހެކެވެ. ކޮވިޑް-19 ޖެހިގެން ގަމުން ތިން މީހަކު ވަނީ ނިޔާވެފައެވެ.

ކޮވިޑް-19 ވޭދަނަތައް ފެތުރި ގަން ފުރަބަންދު ކުރުމުގެ ކުރިން ގަމަކީ ދެކުނުގެ އަތޮޅުތަކުގެ ގިނަ ފަރާތްތަކެއް ޑޮކްޓަރަށް ދެއްކުމަށް އަންނަ ރަށެއްކަން ފާހަގަކޮށްލެވެއެވެ. މޮނިޓަރިންގެ ހާލަތު އުވާލުމާ އެކު އަނެއްކާ ވެސް ގިނަ ބަޔަކު ޑޮކްޓަރަށް ދެއްކުމަށާއި އީދަށް ލާމަށް އަންނާނެ ކަމަށް ލަފާ ކުރެވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް