Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އައުޓްރީޗް ކޭމްޕް ކާށިދޫއާއި ގާފަރަށް

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އައުޓްރީޗް ކޭމްޕް ކާށިދޫއާއި ގާފަރަށް

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ "ރީޗިން ޓު އަންރީޗަބަލް" އައުޓްރީޗް ޕްރޮގްރާމެއް މާލެ އަތޮޅު ކާށިދުއާއި ގާފަރުގައި ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ މީޑިޔާ ކޯޑިނޭޓަރ ހަސަން ފަޒީލް "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި މިޕްރޮގްރާމް ކުރިއަށް ގެންދާނީ މިޖޫން މަހުގެ 14 އަދި 15 ވަނަ ދުވަހު ކާށިދޫ އަދި ގާފަރުގައެވެ.

"ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން މިފަހަރު މި ޕްރޮގްރާމް ކުރިއަށް މި ގެންދަނީ ގާފަރާއި ކާށިދޫގައި. މީގެ މަގްސަދަކީ ރީޗިން ޓު އަން ރީޗަބަލް ދެން މި ހާލަތުގައި މާލެ ގޮސް ޑޮކްޓަރަން ދައްކަން އެބަ އުނދަގޫވޭ. އެހެންވީމަ މި ޕްރޮގްރާމްގައި އެފަދަ ފަރާތް ވަރަށް ބޮޑު ފަސޭހަ ކަމަކަށްވާނެ" ފަޒީލް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

އައުޓްރީޗް ޕްރޮގްރާމްގައި 4 ޑޮކްޓަރަކު ބައްލަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ކުޑަކުދިންގެ ޑޮކްޓަރަކާއި އަންހެނުންގެ ޑޮކްޓަރަކާއި ހަމުގެ ޑޮކްޓަރެއްގެ އިތުރުން ރޭޑިއޮލޮޖިސްޓެއް ހިމެނޭކަމަށް ފަޒީލް ވިދާޅުވިއެވެ. ފަޒީލް ވިދާޅުވި ގޮތުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މިފަދަ ޕްރޮގްރާމްތައް ކުރިން ވެސް ކުރިއަށް ގެންދިޔަ ކަމަށާއި އުނގޫފާރު މޮނިޓަރިންއަށް ލުމާއެކު އެ ޕްރޮގްރާމް ވަނީ މެދުކެނޑިފައިކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި ވެސް މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެކަމަށް ފަޒީލް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް