Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މާފަރުގައި ފާނަބަސަންދު ފެތުރެނީ، ސަމާލުވާން އަންގައިފި

މާފަރުގައި ފާނަބަސަންދު ފެތުރެނީ، ސަމާލުވާން އަންގައިފި

ނ.މާފަރުގައި ފާނަބަސަންދު ފެތުރޭތީ އެ ރަށުގެ ރައްޔިތުން ސަމާލުވާން އަންގައިފިއެވެ.

އެ ރަށު ސިއްޙީ މަރުކަޒުން މިއަދު ކުރި އިޢުލާނެއްގައި ބުނީ ފާނަބަސަންދު އެ ރަށުގައި ފެތުރެމުންދާތީ ރައްޔިތުންގެ ސަމާލުކަމަށް ދަންނަވާ ކަމަށެވެ.

މީގެ އިތުރުން ބަލި މީހުން ގެންގުޅޭ ތަކެއްޗާއ، އުޅޭތަން އެހެން މީހުންނާ ވަކި ކުރުމަށް ސަމާލުކަން ދިނުމަށް ވެސް އެ ރަަށު ސިއްހީ މަރުކަޒުން ބުނެފައިވެއެވެ. އަދި ބަލިޖެހިފައިވާ މީހުން ބަލިން ރަނގަޅުވަންދެން ގޭގައި މަޑު ކުރުމަށް ވެސް އެ ރަށު ސިއްހީ މަރުކަޒުން ވަނީ އެދިފައެވެ.

Advertisement
Allied Insurance — Square (box)

އެ ރަށު ސިއްހީ މަޒުކަޒުން ވަނީ ހުންއައިސް، ހަށިގަނޑުގައި ރަތްކުލައިގެ ބިހި/ފޮޅު ނެގުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކާ ފަރުވާ ހޯއްދެއްވުމަށް އިލްތިމާސް ކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް