ޚަބަރު

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
އެސްޓީއޯގެ އިމާރާތް. ދެން ފައިލް ފޮޓޯ

ދުނިޔޭގެ ތެލުގެ ބާޒާރަށް އައި ބަދަލާ އެކު އެސްޓީއޯއިން ވިއްކާ ތެލުގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފިއެވެ.

Ads by Sosun Fihaara

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނި މި ބަދަލާއެކު އެފްއެސްއެމްއިން ކުރިން 10.27ރ.އަށް ލިބުނު ޑީސަލް ލީޓަރެއް މިއަދުން ފެށިގެން ލިބޭނީ 10.95ރ.އަށް ކަމަށެވެ. އަދި ކުރިން 9.74ރ.އަށް ލިބުނު ޕެޓްރޯލް ލީޓަރެއް މިހާރު ލިބޭނީ 10.72ރ. އަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

ދުނިޔޭގެ ތެލުގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ވަނީ 75.20 ޑޮލަރަށް އަރައިފައެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 1،159 ރުފިޔާ 5 ލާރިއެވެ. މީގެ ކުރިން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއް ވިއްކަމުން އައިސްފައި ވަނީ 71 ޑޮލަރަށެވެ. އެއީ ދިވެހި ރުފިޔާއިން ބަލާ ނަމަ 1094 ރުފިޔާ 82 ލާރިއެއެވެ.

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު މިދިޔަ ޖޫންމަހުގެ 20 ވަނަ ދުވަހު ވެސް އުފުލުނު އިރު އޭގެ ކުރިން ޑީސަލް ލީޓަރެއް ވިއްކީ 9.79ރ. އަށެވެ. އަދި ޕެޓްރޯލް ލިޓަރެއް ވިއްކީ 8.85ރ. އަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ކޮންމެ ބަދަލަކާ އެކު ރާއްޖޭގެ ތެލުގެ ބާޒާރަށް އެކަމުގެ އަސަރުތައް ކުރެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!