ޚަބަރު

އަޟްހާ ވޮލީ ކަޕް މާފަރުގައި މާދަމާ ފަށަނީ، ޓީމުތައް އޮތީ ވަރަށް ތައްޔާރަށް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދި އައިލެންޑް ސްޕޯޓްސް އެކަޑަމީއާއި ނ.މާފަރު ކައުންސިލާ ގުޅިގެން މި އަހަރުގެ އަޟްހާ އީދާ ދިމާކޮށް ބާއްވާ ވޮލީ މުބާރާތް މާދަމާ ހަވީރު ފަށަން ނިންމައިފިއެވެ.

މި މުބާރާތުގައި ތިން ޓީމަކުން ބައިވެރިވެފައިވާއިރު ތިން ޓީމު ވެސް ވަނީ މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެގޮތުން ބައެއް ޓީމުތަކުން ގައުމީ ފެންވަރުގެ ކުޅުންތެރިން ވެސް ގެނެސްފައިވާކަން ފާހަގަ ކޮށްލެވެއެވެ.

މި މުބާރާތާ ގުޅިގެން “ދެން”އާ ވާހަކަ ދައްކަމުން މުބާރާތުގެ ހިންގާ ކޮމިޓީގެ ރައީސް މަޒީން މުހައްމަދު ވިދާޅުވީ މި މުބާރާތަށް ހިންގާ ކޮމިޓީން ވަރަށް ބޮޑަަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި މި މުބާރާތަކީ  މާފަރުގައި ބޭއްވޭ ތާރީހީ މުބާރާތަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުބާރާތުގެ ފުރަތަމަ މެޗު އޮންނާނީ މާދަމާ ހަވީރު 4:00ގައެވެ. މި މުބާރާތުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ޓީމް މޮޖީޓޯ ބައްދަލު ކުރާނީ ކޭންކޭން އެސްސީއާ އެވެ. އަދި ހޮނިހިރު ދުވަހު ހަވީރު ކުޅޭނީ ޓީމް މޮޖީޓޯ އަދި ޓީމް އެމްވައިއޭ އެވެ. އަދި ތިންވަނަ މެޗުގައި ކުޅޭނީ ކޭންކޭން އެސްސީ އަދި ޓީމް އެމްވައިއޭއެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އީދު ދުވަހުގެ ހަވީރު 4:00ގައެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ “ދެން އޮންލައިން” އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ރެޑްވޭވެވެ. މީގެ އިތުރުން ސްޕޮންސަރުތަކަށް ބަލާއިރު މައި ސްޕޮޓް، އެވިއާ މޯލްޑިވްސް، ސިނާން ގްރޫޕް، ލުލީ މާރޓް، ކެފެނޭޓް ރޯޔަލް، ރިސްކް އެލްމިނިއަމް، ޓީލް ޗޮއިސް، ދޮން ގޮއްޔެ އަދި ހޯޕް ޓްރެވަލްސް ހިމެނެއެވެ. އަދި ނ.އަތޮޅު ކައުންސިލުން ވެސް ވަނީ މި މުބާރާތަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!