Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އަޝްމަލީއާ އެކު ޖިންސީ ގުޅުން ހިންގި ކަމަށް ކުޑަކުއްޖާ ބުނެފި

އަޝްމަލީއާ އެކު ޖިންސީ ގުޅުން ހިންގި ކަމަށް ކުޑަކުއްޖާ ބުނެފި

އަވައްޓެރި ޝްރީ ލަންކާގައި އުމުރުން 15 އަހަރުގެ ކުޑަ ކުއްޖަކު ލައްވައި ހަށި ވިއްކުވި ކަމަށް ބުނާ މައްސަލައެއްގައި ހައްޔަރުކުރި ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީއާ އެކު ޖިންސީ ގުޅުން ހިންގި ކަމަށް އެ ކުއްޖާ މިއަދު ބުނެފިއެވެ.

އެ ކުއްޖާ ލައްވާ ހަށި ވިއްކުވި ކަމަށާއި އެކަން ކުރުމަށް ޓަކައި އިޝްތިހާރު ކުރަން ވެބްސައިޓެއް ހިންގި ކަމުގެ ތުހުމަތުގައި އަޝްމަލީ ހައްޔަރު ކުރީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ. އޭނާގެ ބަންދަށް ޖެހި 10 ދުވަހުގެ މުއްދަތު ހަމަވުމުން މިއަދު ވަނީ އަނެއްކާ ވެސް ކޯޓަށް ހާޒިރު ކޮށްފައެވެ.

މި މައްސަލައިގެ މިއަދުގެ އަޑު އެހުމުގައި ވަނީ އައިޑެންޓިފިކޭޝަން ޕެރޭޑެއް ކުރިޔަށް ގެންގޮސްފައެވެ. އެ ޕެރޭޑުގައި އަޝްމަލީއާއި އޭނާއާ އެކު ހައްޔަރު ކުރި އިތުރު 3 މީހަކު ވެސް ބައިވެރި ކޮށްފައިވެއެވެ.

Advertisement
HDC — Sidebar (box)

އެ ކުއްޖާ ކޯޓުގައި ބުނީ، އަޟްމަލީ ހިމެނޭހެން ދެން ތިބި އިތުރު ތިން މީހުންނާ އެކު ވެސް ޖިންސީ ގުޅުން ހިންގި ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި އަޝްމަލީގެ ޕާސްޕޯޓު ހިފަހައްޓައި، ކަފާލާތަށް 125 އެމެރިކާ ޑޮލަރު ދެއްކުމުން އޭނާ ވަނީ ދޫކޮށްލައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް