Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ބޮން ގޮއްވަން ޖެހުނީ ރައީސް ނަޝީދުގެ އަނގަޔާ ހުރެ: އަލްހާން

ބޮން ގޮއްވަން ޖެހުނީ ރައީސް ނަޝީދުގެ އަނގަޔާ ހުރެ: އަލްހާން

މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާ ހިނގަން މެދުވެރިވީ ސަބަބަކީ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅު ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ "ޚަބަރަށް ފަހު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ ރާއްޖޭގައި ހައްދު ފަހަނަ އަޅައި ދިޔުމުގެ އެއްސަބަބަކީ ހުޅަނގު މުޖުތަމައުގައި ހުރި ކަންތައްތަކެއް ދިވެހި މުޖުތަމައުއަށް ގެންނަން ރައީސް ނަޝީދު މަސައްކަތް ކުރެއްވުން ކަމަށެވެ.

"ދިވެހިރާއްޖޭގެ ނެތް ކަމެއް ، ދޮން މީހުން އުޅޭ ގޮތަށް އުޅެން ވާނޭ ކިޔައިގެން ރައީސް ނަޝީދު ވެސްޓަން ސޮސައިޓީގައި ހުރި ކަންތައްތަކެއް އަޅުގަނޑުމެންގެ ސޮސައިޓީއަށް ގެންނަން މަސައްކަތްކުރީ އެއީ މިދަންނަވާ ހައްދު ފަހަނައެޅުން މިތަނުގައި އުފެދުނު އެއްސަބަބު ރަައީސް ނަޝީދު އެގޮތަށް ވާހަކަ ދައްކަވާކަމަށް ވެއްޖެއްޔާ ދީނީ ގޮތުން ވެސް ބަޔަކު އެކަމާ ދިމާކުރާނެ" އަލްހާން ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

އަލްހާން ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ދިނީ ރައީސް ނަޝީދު ދީނަށް ފުރައްސާރަ ކުރައްވާތީ ކަމަށާއި ރާއްޖެގައި އެހެން ދީނެއް އޮންނަން ޖެހޭނެކަމަށް ގަބޫލު ކުރައްވާކަމަށް ވާހަކަ ދެއްކެވުމުން ކަމަށެވެ. އަދި އެގޮތައް ވާހަކަ ދެއްކެވުމަށް ފަހު ދައުލަތުގެ ސެކިއުރިޓީއާ އެކު އުޅުއްވީމާ ދެން ހަމަލާ އަމާޒުވާނީ އެހެން ކަމަށް ވެސް އަލްހާން ވަނީ ވިދާޅުވެފައެވެ

"މިހާރު އަޅުގަނޑަށް ކަނޑައެޅިގެން އެނގޭ އަޅުގަނޑުމިތާ އިނދެގެން ދީނަށް ފުރައްސާރަކޮށް ދީނަށް މަލާމާތްކޮށް ނުވަތަ މިރާއްޖޭގައި އެހެން ދީނެއް އޮންނަން ޖެހޭނެކަމަށް ގަބޫލު ކުރާކަމަށާއި އަދި މިތަނުގައި މީހުން ޖިންސު ވެސް ބަދަލުކުރަން ޖެހޭނެ ކަމަށާއި އަންހެނުން ފިރިހެނުންނަށް ބަދަލު ކުރުމާއި ފިރިހެނުން ފިރިހެނުންނާ އިނދެ އަންހެނުން އަންހެނުންނާ އިނދެ އަޅުގަނޑު މިތާ އިނދެ މިވާހަކަ ދައްކަންފަށައިފިއްޔާ އަޅުގަނޑަށް ހަމަޔަގީން މިތަނުން ނުކުންނައިރު މީހުން ތިބޭނެކަން އަޅުގަނޑަށް ގާ އުކަން. އެހެންވީމަ އެކުރައްވަނީ އެކަންތައް. ދައުލަތުގެ ސެކިއުރިޓީލައިގެން ބަޑި ހިފައިގެން ތިބި ސިފަައިން ލައިގެން އެހެންކީމަ ދެން އެކަން ވާނީ އެހެން ނޫންތޯ." އަލްހާން ވިދާޅުވިއެވެ.

ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަކީ އެމަނިކުފާނު ދައުވަތު ދެއްވައިގެން ދިން ހަމަލާއެއް ކަމަށް އަލްހާން ވަނީ މީގެ ކުރިން ވެސް ވިދާޅުވެފައެވެ. އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަމަކީ ހައްދު ފަހަނައަޅައިފައިވާ ބަޔަކު ތިބިކަން އެނގި އެމީހުން ރުޅި އަރުވައިގެން ދީނީ ނުކިއްސަރު ވާހަކަ ދައްކުވައިގެން ނަޝީދު ކުރުވި ކަމެއް ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް