Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މަލީޙް، ރުކުމާ އަދި ލޯޔަރު ވައްޑެ ޕީޕީއެމްއަށް!

މަލީޙް، ރުކުމާ އަދި ލޯޔަރު ވައްޑެ ޕީޕީއެމްއަށް!

އިތުބާރު ނެތް ކަމަށް ފާސްކޮށް މަޖިލީހުން މިއަހަރުގެ ތެރޭގައި ވަކި ކުރި މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙާއި ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އަބްދުލްކަރީމް (ރުކުމާ)އާއި ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިދިކޮޅު މައި ޕާޓީ ޕީޕީއެމްއާ ގުޅިވަޑައިގެންފިއެވެ.

މިބޭފުޅުން ޕީޕީއެމްއާ ގުޅިވަޑައިގެންފައި ވަނީ މިހާރު ޕީޕީއެމްގެ އޮފީހުގައި ކުރިޔަށް ގެންދާ ޖަލްސާއެއްގައެވެ.

މަލީޙަކީ ރައީސް ޔާމީންގެ ވެރިކަމުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އެހެންނަމަވެސް އެ މަޤާމުން އެމަނިކުފާނު އޭރު ވަނީ ވަކި ކުރައްވައިފައެވެ. އޭގެ ފަހުން އިދިކޮޅާ ގުޅިވަޑައިގެން ރައީސް ޞާލިޙް ވެރިކަމަށް ގެނައުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ.

Advertisement
Ooredoo — Square (box)

އެމްޑީޕީގެ ސަރުކާރު އެކުލަވާލިއިރު ކޮމިއުނިކޭޝަން މިނިސްޓަރުކަން އެމަނިކުފާނަށް ދެއްވިއެވެ. ނަމަވެސް މަޖިލީހުގެ އިތުބާރު ނެތް ކަަމަށް ވޯޓެއް ނަގައި އޭނާ ވަނީ މިނިސްޓަރު ކަމުން ވަކިކޮށްފައެވެ. އޭގެ ފަހުން މަލީޙުގެ ފާޑު ކިޔުން ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފައެވެ.

<img class="alignnone wp-image-104557 size-full" src="https://cdn.dhen.mv/wp-content/uploads/2021/07/B36C2B91-0FA5-4494-AB61-C76788A624E0.jpeg" alt="" width="960" height="1000" />

ރުކުމާއަކީ 2019 ވަނަ އަހަރާ ހަމައަށް އެމްޑީޕީގެ މެންބަރެކެވެ. އެމްޑީޕީގެ މަޖިލީހުގެ ޕްރައިމަރީގައި އެ އަހަރު ވާދަކޮށް އޭނާއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. 2019 ފެބްރުއަރީ މަހު އެމްޑީޕީ އިން އިސްތިއުފާ ދެއްވަމުން ރުކުމާ ވިދާޅުވެފައި ވަނީ ފަހުރުވެރިވާ ސިޔާސަތުތަކާ އެކު ވުޖޫދިވި އެމްޑީޕީގައި އިޚްލާސްތެރިންނާއި އަދާވާތްތެރިން ވަކިނުވާތީ ހިތާމަ ކުރައްވަވާ ކަމަށެވެ.

&nbsp;

ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވަނީ 2019 ވަނަ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގައި ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ. ވައްޑެއަކީ ޕީޕީއެމްގެ ވެރިކަމުގައި ޕާޓީން ވަކިވުމުން މަޖިލީހުގެ ގޮނޑި ގެއްލުނު 12 ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް