ތުއްތު ކުއްޖަކު ފައްސިވެ، ކިނބިދޫ މޮނީޓަރިންއަށް

ތ. ކިނބިދޫން ތުއްތު ކުއްޖަކު ކޮވިޑް-19އަށް ފައްސި ވުމުން، އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ކިނބިދޫ ކައުންސިލު ރައީސް އަލީ ހުސެއިން "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފައްސިވެފައި ވަނީ އުމުރުން ގާތްގަނޑަކަށް ދެ އަހަރުގެ ތުއްތު ކުއްޖެއް ކަމަށެވެ.
"72 ގަޑިއިރު ވީ ނައްސި ޕީސީއާރް ޓެސްޓަކާ އެކު އެ ކުއްޖާ އައީ. ރަށަށް އައި ފަހުން އަލާމާތްތައް ފެނިގެން ޓެސްޓު ކުރީމަ ފައްސިކަން އެނގުނީ" އަލީ ހުސެއިން ވިދާޅުވިއެވެ.
ކިނބިދޫ މޮނީޓަރިންއަށް ލައިފައި މިވަނީ މިއަދުގެ ވަގުތެއްގައެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނިގޮތުގައި މިހާރު މޮނީޓަރިންގަށް ލައިފައި ވަނީ 15 ރަށެވެ.