މާޅެންދޫގައި ދަންޖެހިގެން މީހަކު މަރުވެއްޖެ
ނ.މާޅެންދޫގައި މީހަކު ދަންޖެހިގެން މަރުވެއްޖެއެެވެ.
އެ ރަށު ކައުންސިލް ރައީސް މުހައްމަދު ހަސަން ވަނީ އެކަން “ދެން”އަށް އެކަން ކަށަވަރު ކޮށްދީފައެވެ.
“ދެން”އާ ވާހަކަ ދައްކަވަމުން މުހައްމަދު ވިދާޅުވީ ދަންޖެހިގެން މަރުވީ 65 އަހަރުން މަތީގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ އޭނާގެ ކޮޓަރީގައި ކަމަށް ވެސް މުހައްމަދު ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ވިންދު ހުރި ކަމަށާއި މަރުވީ އޮކްސިޖަން މާސްކު އަޅުވައިފައި އޮއްވާ ކަމުގައި އޭނާ ވިދާޅުވިއެވެ.
އެ މީހާ ދަން ޖެހިފައި ހުރީ ބެންޑޭޖަކުންނެވެ. އޭނާއަކީ ނަފްސާނީ ބައްޔަކަށް ބޭސްކުރާ މީހެއް ކަމަށް މައުލޫމާތު ލިބޭ ކަމަށާއި ބޭސް ފަރުވާއަށް މާލެއައުމަށް ފަހު ރަށަށް ދިޔައީ އިއްޔެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
*****
މާތްﷲ ވަހީ ކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ ۚ وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا
މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! باطل ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ. އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ތިޔަބައިމީހުން قتل ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.