Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ފްރޮންޓްލައިންގައި މަސައްކަތް ކުރާ 12،400 މީހަކަށް އެލަވަންސް ދީފި

ފްރޮންޓްލައިންގައި މަސައްކަތް ކުރާ 12،400 މީހަކަށް އެލަވަންސް ދީފި

ކޮވިޑް19އާ ގުޅިގެން ސަރުކާރުން ހިންގާ ހާއްސަ އޮޕަރޭޝަންތަކުގައި ބައިވެރިވާ 12400 މީހަކަށް ފްރޮންޓްލައިން އެލަވަންސްގެ ގޮތުގައި 166 މިލިއަން ރުފިޔާ ހޭދަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެ ގެ ހިސާބުތަކުން ދައްކާ ގޮތުގައި ހައި ރިސްކް ކެޓަގަރީގައި މަސައްކަތް ކުރާ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި ދުވާލަކަށް 500ރ. ދެއެވެ. އަދި މީޑިއަމް ރިސްކް ކެޓަގަރީގައި މަސައްކަތް ކުރާ މީހުންނަށް ދުވާލަކަށް 250ރ. ގެ އެލަވަންސެއްދޭއިރު ލޯ ރިސްކްގެ ގޮތުގައި މަސަައްކަތް ކުރާ މީހުންނަށް ދުވާލަކަށް 200ރ. ދެއެވެ.

ސަރުކާރުން ދެމުންދާ ފްރޮންޓައިން އެލަވަންސްއާ މެދު ސިއްހީ ހިދުމަތްތެރިންގެ ކަންބޮޑުވުން މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަންއިން ފިނޭންސް މިނިސްޓަރ އަމީރަށް ވަނީ މިދިޔަ ހަފްތާގައި ސިޓީއަކުން ހުށައަޅައިފައެވެ.

Advertisement
Allied — Dhen Online (box)

މި ސިޓީގައި އެލަވަންސް ދެވުނު ގޮތުގެ ތަފްސީލް ހިމެނޭ ސްލިޕްތައް، އެލަވަންސް ލިބުނު ފަރާތްތަކަށް ލިބޭނެ އިންތިޒާމް ހަމަޖައްސައިދެއްވުމަށާއި އެލަވަންސްއަކަށް ވުރެ ބޮޑަށް، ސިއްހީ މަސައްކަތްތެރިން އެދެނީ، ޓެކްނިކަލް އޮނިގަނޑުތައް ވީހާ ވެސް އަވަހަކަށް ފާސްކޮށްދެއްވުމަށް ކަމަށް ވަނީ ބުނެފައެވެ. އަދި އަދާކުރާ މަގާމްގެ މަސްޢޫލިއްޔަތު އަދި ޒިންމާއާ އެކަށޭނަ އަސާސީ މުސާރެއް ކަނޑައަޅައިދިނުމަށާއި އެސެކްޓަރގެ އެންމެ ތިރީ ހަރުފަތުގައި، މަސައްކަތްކުރާ ފަރާތްތަކުގެ ދިރިއުޅުމަށް، އެކަށޭނެ ބަދަލުތަކެއް އަންނާނީ މިނިމަމް ވޭޖް ކަނޑައެޅުމުން ކަމަށާއި މިނިމަމް ވޭޖްގެ އަދަދަކީ އަސާސީ މުސާރައިގެ ގޮތުގައި ހަމަޖެހިގެން ދިއުންކަމުގައި ވެސް އެ ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް