Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ފޯކައިދޫގެ ހާލަތު ވަރަށް ގޯސް، 160 ގެއެއް ކަރަންޓީންގައި

ފޯކައިދޫގެ ހާލަތު ވަރަށް ގޯސް، 160 ގެއެއް ކަރަންޓީންގައި

މި ޖޫން މަހުގެ 12 ވަނަ ދުވަހު ރޯގާގެ އަލާމާތް ހުރެގެން ޓެސްޓު ހެދި 61 އަހަރުގެ އަންހެނަކު ކޮވިޑް19އަށް ފައްސިވުމާ ގުޅިގެން މޮނިޓަރިންއަށް ލައިފައިވާ ށ. ފޯކައިދޫގެ ހާލަތު ރަނގަޅު ނޫން ކަމަށާއި ހާލަތު ދެނެގަތުމަށް މިވަގުތު މޮނިޓަރިންއަށް ނުލާ ގޭގެއިން ކޮންމެ ގެޔަކުން ރެންޑަމް އެއް ސުންކު ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފޯކައިދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.

"ދެން"އަށް މަައުލޫމާތު ދެއްވަމުން ފޯކައިދޫ ކައުންސިލްގެ ރައީސް އަހުމަދު އާސިފް ވިދާޅުވީ އެރަށުން މިހާރު 117 މީހުން ކޮވިޑް19 އަށް ފައްސިވެފައިވާ ކަމަށެވެ.

"ރަށުގެ ހާލަތު ރަނގަޅެއް ނޫން. މިހާރުވެސް 117 މީހުންނަށް ވަނީ ބަލި ޖެހިފަ. ހާލަތު ދެނެގަތުމަށް މިހާރު މޮނިޓަރިންއަށް ނުލާ ގޭގެއިން ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން މިދަނީ. އެއީ ކޮންމެ ގެޔަކުން ރެންޑަމްކޮށް އެއް ސާމްޕަލް" އާސިފް ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

އާސިފް ވިދާޅުވީ ފޯކައިދޫގެ 160 ގެޔެއް މޮނިޓަރިންއަށް ލައިފައިވާކަމަށެވެ. އަދި ރަށުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑައިލާ ޒަރޫރީ ހާލަތްތަކުގައި ނޫނީ ބޭރަށް ނިކުމެ ނޫޅުމަށް ރައްޔިތުންނަށް އަންގައިފައިވާނެ ކަމަށެވެ.

"މިވަގުތު ޖަމާއަތުގައި ނަމާދު ކުރުން މިވަނީ މެދުކަނޑައިލައިފަ. ރަށު ތެރޭގެ މޫވްމެންޓްސް މިވަނީ ހުއްޓުވައިލައިފައި. ފިހާރަތަކުން ޑެލިވަރީގެ ހިދުމަތް ދެމުންދަނީ." އާސިފް ވިދާޅުވިއެވެ.

ފޯކައިދޫގައި މީގެ ކުރިން ވެސް ގޭގައި ކަރަންޓީނުގައި ތިބި ބަޔަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އެހެން ނަމަވެސް މިއީ އެރަށް މޮނިޓަރިންނަށް ލީ ފުރަތަމަ ފަހަރެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް