ޚަބަރު

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ޓެރެރިސްޓުން ހައްޔަރު ކުރަން ސަރުކާރަށް ހުށަހެޅުމަށް ފާސްކޮށްފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

ޓެރަރިޒަމާ ދެކޮޅަށް ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ގޮވައިލާ އެމްޑީޕީގެ ޤައުމީ މަޖިލީހަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ގަރާރު ފާސްކޮށް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ސަރުކާރަށް ހުށަހަޅަން ނިންމައިފިއެވެ.

Ads by MWSC

މިރޭ ބޭއްވި އެމްޑީޕީގެ 180 ވަނަ ޤައުމީ މަޖިލީހުން މި ގޮތަށް ނިންމައިފައި ވަނީ އެ މަޖިލީހުގައި ބައިވެރިވެ ވަޑައިގަތް 39 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

މި ޤަރާރަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ މެންބަރުން ވަނީ މިއީ މިއަދު ރާއްޖެއަށް މިވަގުތު މުހިންމު ޤަރާރެއް ކަމަށާއި މިވަގުތު ރާއްޖޭގައި ޓެރެރިސްޓުން ތިބިކަން ސަލާމަތީ ބާރުތަކުން ހާމަކުރާއިރު، އެފަރާތްތައް ހިފާ ހައްޔަރު ކުރުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ.

މި ގަރާރު ހުށަހަޅައްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލައާ ބެހޭ ގޮތުން ފުލުހުން ރޭ އާންމުކުރި މައުލޫމާތުތަކާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންޖެހޭ ކަމަށެވެ. އަދި މިކަން ކުރަން ޖެހެނީ ފުލުހުންނަށް ޓެރަރިޒަމް ހުއްޓުވުމަށް އެކަށީގެންވާ ބާރު ދިނުމުގެ ގޮތުން ކަމަށާއި ފުލުހުންނަށް ބާރުތައް ދެވިއްޖެނަމަ ފުލުހުންގެ މަސައްކަތްތައް ހަރުދަނާ ވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޤާނޫނު އަސާސީ ބުނާގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާއަށް އެކަންޏެވެ.

  1. ގަމު މީހާ

    ނަޝީދު ގެ ނަޒަރުގަ ތުނބުޅި ދިގުކޮއް ދީނައް ލޯބިކުރާ ދީނުގެ ދިފާއުގަ ބަސް ބުނާ ކޮންމެ މީހަކީ ހަރުކަށި ފިކުރުގެ ޓެރެރިސްޓްން، އަދި އިސްލާމް ދީނައް ފާޅުގަ ހަޖޫޖަހާ ފުރައްސާރަކުރާ ކޮންމެ މީހަކީ މަޑުކަށި ފިކުރުގެ މިގައުމުގެ ދަރިން،