ޚަބަރު

ނާސްތާ ޕްރޮގްރާމް މިއަހަރުގެ ނިޔަލަށް ކުރިއަށް ނުގެންދަން ނިންމައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ސްކޫލުތަކުގައި ކިޔަވައިދިނުން ފެށި ނަމަވެސް މި އަހަރުގެ ބާކީ ދުވަސްތަކުގައި ވެސް ނާސްތާ ޕްރޮގްރާމް ކުރިއަށް ނުގެންދަން އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ.

Ads by MWSC

އެޑިއުކޭޝަން މިނިސްޓްރީން ސަރުކާރުގެ ސްކޫލުތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވެފައި ވަނީ މި ވަގުތު ރާއްޖޭގައި ކޮވިޑްގެ ހާލަތު އޮތް ގޮތުން ނާސްތާ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ދަތިތަކެއް ހުރުމާ އެކު، މި އަހަރުގެ ނިޔަލަށް އެ ޕްރޮގްރާމު މެދުކަނޑައިލަން ނިންމަވައިފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ވަނީ ދިރާސީ އަހަރުގެ ކިޔެވުން ފެށުމުން ކިރު ޕެކެޓް ބޭނުންވާ ދަރިވަރުންނަށް ކޮންމެ ދުވަހަކު ކިރު ޕެކެޓެއް ނުވަތަ ކިރު ތައްޓެއް ދިނުމުގެ އިންތިޒާމު ސްކޫލުން ހަމަޖެއްސުމަށް ސްކޫލްތަކަށް އެދިފައެވެ.

އަދި ނާސްތާ ޕްރޮގްރާމް މެދުކަނޑައިލި ނަމަވެސް ސްކޫލުތަކުގައި ގިނަ އަދަދެއްގެ ކިރު ޕެކެޓްތަކެއް ހުރުމާ އެކު ކިރު ޕެކެޓަށް އޯޑަރު ދީފައި އޮތުމުން އެ ތަކެތި ސްކޫލުތަކުގައި ބޭނުން ކުރަން ނިންމަވައިފައިވާ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެއެވެ.

މި ސަރުކާރުން ނާސްތާ ޕްރޮގްްރާމް މެދުކަނޑާލި އިރު، ޚަރަދުވެފައި ވަނީ 139 މިލިއަން ރުފިޔާ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދެވުމަށް ވެވަޑައިގެންނެވި ރިޔާސީ ވަަޢުދެކެވެ.

Ads by Ooredoo
  1. ފަރީދު

    ޚީއްކުރާނީދޯ މަނީ ނެތޭދޯ ކައި ބަނޑުއަޅާ ހުސއކޮށްފިއޭ

  2. Adindaa19

    ބެލެނިވެރިން އަތަށް ތި ލާރިކޮޅު ދިނިއްޔާ މާރަގަޅު ވާނެ. ޢޭރުން ގޭގަ ތި ނާސްތާ ދީގެން ގެންދާނެ. ފްރެސް ކޮށް ކެވޭނެ.