Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މަޖޫރީއަކަށް އަނިޔާވި މައްސަލައިގައި އެމްޕީއެލްގެ މުވައްޒަފުންނާއި އޭނާ ނިސްބަތްވާ ކުންފުނި ސަސްޕެންޑްކޮށްފި

މަޖޫރީއަކަށް އަނިޔާވި މައްސަލައިގައި އެމްޕީއެލްގެ މުވައްޒަފުންނާއި އޭނާ ނިސްބަތްވާ ކުންފުނި ސަސްޕެންޑްކޮށްފި

ޓާފް ރޯލެއް ދަށުވެ އަނިޔާ ލިބުނު މަޖޫރީގެ މައްސަލައާ ގުޅިގެން، މިނާ އިންވެސްޓްމަންޓް ގުރޫޕާއި، ހާދިސާއާ ގުޅުންހުރި އޮޕަރޭޝަންސްގައި މަސައްކަތް ކުރަމުން ދިޔަ އެމްޕީއެލްގެ މުވައްޒަފުން ސަސްޕެންޑްކުރުމަށް އެކުންފުނިން ނިންމައިފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އަނިޔާވި މީހަކީ މިނާ އިންވެސްޓްމަންޓް ގްރޫޕުގައި މަސައްކަތް ކުރާ މީހެކެވެ.

މި ހާދިސާއާ ގުޅިގެން އެމްޕީއެލް އިން ނެރުނު ނޫސްބަޔާނުގައި ބުނީ މާލޭ ވިޔަފާރި ބަނދަރުގައި 4 ފެބްރުއަރީ 2021 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ހިނގި ހާދިސާއެއްގައި، "މިނާ އިންވެސްޓްމަންޓް" ކްލިއަރަންސް ގުރޫޕްގެ މަޖޫރީއަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި މި ހާދިސާ، އެމްޕީއެލްގެ އެކްސިޑެންޓް އެންޑް އިންވެސްޓިގޭޝަން ކޮމެޓީން މިއަދު ތަހުޤީގްކުރަން ފަށާފައިވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

މީގެ އިތުރުން މި ބަޔާނުގައި ވަނީ އެގޮތުން، ހާދިސާގެ ތަހުޤީގުން ވަކި ގޮތެއް ކަނޑައަޅަންދެން، މިނާ އިންވެސްޓްމަންޓް ގުރޫޕާއި، ހާދިސާއާ ގުޅުންހުރި އޮޕަރޭޝަންސްގައި މަސައްކަތް ކުރަމުން ދިޔަ އެމްޕީއެލްގެ މުވައްޒަފުން ސަސްޕެންޑް ކުރުމަށް ކޮމެޓީން ނިންމާފައިވާ ކަމަށް ވެސް ބުނެފައެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް