Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

7 އުޑުގެ ވެރި ﷲ ގަންދީ ހުވާކޮށްފައި ބުނަން، ދުވަހަކުވެސް ބަނގުރަލެއް ނުބޮން: އަލީ ރަމީޒް

7 އުޑުގެ ވެރި ﷲ ގަންދީ ހުވާކޮށްފައި ބުނަން، ދުވަހަކުވެސް ބަނގުރަލެއް ނުބޮން: އަލީ ރަމީޒް

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒު ކުރިން ލަވަކިޔަން އުޅުނުއިރު ބަނގުރާ ބުއިކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓަކު ކުރި ތުހުމަތަކަށް ރައްދު ދީފިއެވެ.

އަލީ ރަމީޒު މިއަދު އޭނާގެ ފޭސްބުކް އެކައުންޓުގައި ލިޔުނު ޕޯސްޓެއްގައި ބުނެފައި ވަނީ ބަނގުރާ ބުއިމަކީ މާތް ﷲ ހަރާމް ކުރައްވައިފައިވާ ހުތުރުކަން ބޮޑު ފާފައަކަށް ވީ ހިނދު، ވަކި މީހަކު ނުވަތަ ވަކި ބަޔަކު އެކަން ކުރުމުން، ބަނގުރަލާއި އެ ރާ ބުއިން ވެސް މާތްވެ "ބަނގުރާ ފޮދު ހިއްޕެވި" ކަމަށް ބުނުމަކީ ވަރަށް ހުތުރުކަން ބޮޑު ކަމެއް ކަމަށެވެ.

ެއަލީ ރަމީޒުގެ އެ ޕޯސްޓަށް، އެމްޑީޕީއަށް ތާއީދު ކުރާ މީހަކު ކޮމެންޓު ކުރަމުން ބުނީ މީގެ ކުރިން އަލީ ރަމީޒް "ފްރީޒް" ބޭންޑުގައި ލަވަކިޔަން އުޅުނު އިރު "ރާ ފޮދު ހިއްޕެވި އިރު ހަލާލުތޯ؟" އެވެ. އަދި އަލީ ރަމީޒް ރާ ބުއި ވާހަކައަކީ ތޯތޯ ވާހަކައެއްތޯ ވެސް އަހައިފައި ވެއެވެ.

Advertisement
Ooredoo — Truecaller (box)

"7 އުޑުގެ ވެރި ﷲ ގަންދީ ހުވާ ކޮށްފައި ބުނަމެވެ. އަޅުގަނޑުގެ ޙަޔާތުގައި ފުވަހަކު ވެސް ބަނގުރަލެއް ނުބޮމެވެ. އޭގެ ތިއްކެއް ވެސް ދުލުގައި ޖައްސައި ނުލަމެވެ. އަދި މަސްތުވާ އެއްވެސް އެއްޗެއް ނުބޮމެވެ. ކަލޭ ﷲއަށް ތައުބާވާށެވެ." އެ މީހާއަށް ރައްދު ދެމުން އަލީ ރަމީޒް ބުނެފައިވެއެވެ.

<img class="alignnone wp-image-106016 size-large" src="https://cdn.dhen.mv/wp-content/uploads/2021/07/20210727_224237-689x1024.jpg" alt="" width="689" height="1024" />

އަލީ ރަމީޒު ލިޔުނު ރައްދުގައި "ކަލޭ" ޖަހައިފައި އޮތުމުން އެކަމާ އެމްޑީޕީގެ އެ މީހާ ނުރުހުން ފާޅު ކުރިއެވެ.

އަލީ ރަމީޒުއާ ބެހޭގޮތުން އެފަދަ ތުހުމަތެއް ކުރުމުން އެތައް ބައެއްގެ ފާޑުކިޔުން ވަނީ އެމްޑީޕީގެ އެ އެކްޓިވިސްޓަށް އަމާޒުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް