ދުނިޔެ

ކޮވިޑް-19އަށް ފައްސިވާ މީހުން ގިނަވެ، ބެންކޮކް އެއާޕޯޓުގައި ހޮސްޕިޓަލެއް

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް-19އަށް ފައްސިވާ މީހުންގެ އަދަދު ގިނަވެ، ފަރުވާ ދިނުމަށް ބެންކޮކުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި ހޮސްޕިޓަލެއް އަޅައިފިއެވެ.

Ads by WAMCO

ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހޮސްޕިޓަލް އަޅައިފައި ވަނީ އެ އެއާޕޯޓުގެ ގުދަނެއް ހުސްކުރުމަށް ފަހުއެވެ. އެ ހޮސްޕިޓަލުގައި 1،800 އެނދު ބެހެއްޓިފައިވެއެވެ.

އެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ހަމަޖެހިފައި ވަނީ ބަލި ޖެހި ބޮޑުވަރު ނުވާ ބަލި މީހުންނަށެވެ. ކޮވިޑް-19އަށް ފަރުވާ ދިނުމަށް ބޭނުންވާ ހުރިހާ އިންތިޒާމުތަކެއް އެ ހޮސްޕިޓަލުގައި ހަމަޖެހިފައިވީ ނަމަވެސް ބަލީގައި ހާލު ދެރަ ބަލި މީހުންނަށް ފަރުވާ ދިނުމަށް އެ ގައުމުގައި ކޮވިޑް-19އަށް ޚާއްސަކުރެވިފައިވާ ހޮސްޕިޓަލުތަކުގައި ފަރުވާ ދިނުމަށް ވަނީ ނިންމައިފައެވެ.

ތައިލެންޑްގައި ވެސް ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ޖަހަން ވަނީ ފަށައިފައެވެ. އެހެން ނަމަވެސް އެ ޤައުމުގެ 66 މިލިޔަން މީހުންގެ އާބާދީން ވެކްސިންގެ ޑޯޒުތައް މިހާތަނަށް ފުރިހަމަކޮށްފައި ވަނީ އެންމެ 5.6 އިންސައްތަ މީހުންނެވެ.

އެ ގައުމުގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 16,533 މީހުންނަށް ވަނީ ބަލިޖެހިފައެވެ. އަދި ތައިލޭންޑުގައި ބަލިޖެހުނު މީހުންގެ ޖުމުލަ ޢަދަދު ވަނީ 543,361އަށް އަރައިފައެވެ. ކޮވިޑް-19 ޖެހި އިތުރު 133 މީހުން އެ ގައުމުން ވަނީ މަރުވެފައެވެ. ބަލީގައި މަރުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 4,397އަށް އަރައިފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!