Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރަށުން ބޭރުގައި ހިދުމަތްދޭ ދޭސީ ޓީޗަރުންނަށް ވެސް އެލަވަންސް ދިނުމުން ފެންވަރު ރަނގަޅު ޓީޗަރުން ލިބޭނެ: ޝަރީފް

ރަށުން ބޭރުގައި ހިދުމަތްދޭ ދޭސީ ޓީޗަރުންނަށް ވެސް އެލަވަންސް ދިނުމުން ފެންވަރު ރަނގަޅު ޓީޗަރުން ލިބޭނެ: ޝަރީފް

ބިދޭސީ ޓީޗަރުންނާ އެއްގޮތަށް ރަށުން ބޭރުގައި ހިދުމަތްދޭ ދޭސީ ޓީޗަރުންނަށް އެލަވަންސް ދޭ ގޮތަށް އުސޫލު ބަދަލުކޮށްފި ނަމަ ފެންވަރު ރަނގަޅު ދޭސީ ޓީޗަރުން ލިބޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ބިދޭސީ ޓީޗަރުންނާ އެއްވަރަށް ރަށުން ބޭރުގައި މަސައްކަތް ކުރާ ދޭސީ ޓީޗަރުންނަށް ކެއުމާއި ހުރުމުގެ އެލަވެންސް ދިނުމުން ގައުމީ މަންހަޖުގެ ނަތީޖާ ނެރެން މާބޮޑަށް ވެސް ފަސޭހަ ވާނެ ކަމަށެވެ.

"ދިރާސީ އަހަރު ފެށޭއިރު ބިދޭސީ ޓީޗަރުންނާ އެއްގޮތަށް ރަށުން ބޭރުގައި ހިދުމަތްދޭ ދޭސީ ޓީޗަރުންނަށް ފޫޑް އަދި އެކަމަޑޭޝަން އެލަވަންސް ދޭ ގޮތަށް އުސޫލު ބަދަލުކޮށްފި ނަމަ ފެންވަރު ރަނގަޅު ދޭސީ ޓީޗަރުން ލިބޭނެ. ގައުމީ މަންހަޖުގެ ނަތީޖާ ނެރެން މާބޮޑަށް ވެސް ފަސޭހަވާނެ" ތައުލީމީ ދާއިރާގައި ކުރިން ޚިދުމަތް ކުރެއްވި ޝަރީފްގެ ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

https://twitter.com/Adamshareefz/status/1420382918405333000

މީގެ އިތުރުން ވެސް އޭނާ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާއިރު ގައުމީ މަންހަޖުގައި ކަނޑައަޅައިފައިވާ 8 ގާބިލިއްޔަތު ހަމަހަމަކަމާ އެކު ލިބިދެވޭކަން ކަށަވަރުކުރުން ވަރަށް މުހިންމު ކަމެއްކަމަށެވެ،

ޓީޗަރުންގެ މުސާރައިގެ މައްސަލައަކީ ކޮންމެ ސަރުކާރެއްގައި ވެސް ހައްލުކޮށްދޭން ވައުދުވާ ނަމަވެސް ހައްލު ނުކޮށްދެވި ދިގުލައިގެން ގޮސްފައިވާ މައްސަލައެކެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް