އާއްމު މީހެއް ކުރި ރިޕޯޓަކާ ގުޅިގެން ފުލޫ ކުލިނިކުން ނެގި ސުންކުތަކެއް ފައްސިވެ ފީވައް މޮނިޓަރިންއަށް
ރޯގާގެ އަލާމާތްތައް ހުރި ކަމަށް ބުނެ އާއްމު މީހެއް ކުރި ރިޕޯޓެއްގެ ސަބަބުން ތިން ގެޔަކުން ނެގި ތިން ސުންކެއް ފައްސިވެ ށ. ފީވަށް މޮނިޓަރިންއަށް ލައިފިއެވެ.
"ދެން"އަށް މައުލޫމާތު ދެއްވަމުން ފީވަކު ކައުންސިލްގެ ރައީސް އަލީ ރަޝީދު ހުސައިން ވިދާޅުވީ އެރަށު ބައެއް ގޭގެގައި ރޯގާގެ އަލާމާތްތައް ހުރި މީހުން ތިބިކަމަށް އާއްމުންގެ މީހަކު ކުރި ރިޕޯޓަކާ ގުޅިގެން ފުލޫ ކުލިނިކުން އެމީހުންގެ ސުންކުތައް ނެގި ކަމަށެވެ.
"އާއްމު ފަރާތަކުން ރިޕޯޓް ކުރީ މި ގޭގޭގައި އެބަ ތިއްބޭ ރޯގާގެ އަލާމާތްތައް ހުރި މީހުން. ދެން 3 ގެއިން ނެގި 3 ސާމްޕަލް ވެސް މިވަނީ ފައްސިވެފަ. މިހާރު ރަށް މޮނިޓަރިންއަށް ލައި އަރާ ފޭބުން މިވަނީ މަނާކޮށްފައި." ރަޝީދު ވިދާޅުވިއެވެ.
ފީވަކަކީ ކޮވިޑް-19ގެ ހަރަކާތްތެރި ވޭދަނަތަކެއް ފެނި މިއަދު މޮނިޓަރިންއަށް ލީ ދެވަނަ ރަށެވެ.
މިއަދު ދެން މޮނިޓަރިންއަށް ލީ އަނެއް ރަށަކީ މ. ކޮޅުފުއްޓެވެ. އެރަށް މޮނިޓަރިންނަށް ލީ އެރަށު ފުލޫ ކުލިނިކުން ނެގި 25 ސުންކުގެ ތެރެއިން 11 ސުންކު ކޮވިޑް-19އަށް ފައްސިވުމުންނެވެ.
ސާބަހޭ ޝަޒްރާ ތިކުރާ މަސައްކަތަށް!
ޝަޒްރާ އަށް އެނގޭތަ. އެޗް.ޕީ.އޭ އިން އީދު ހަރަކާތްތަައް ކުރިޔަށް ނުގެންދަން އެންގީމާ ކައުންސިލުން ހިފީ ސީދާ ދެކޮޅަށް. ފީވަކު ފުލުހުންވެސް އެތައް ފަހަރަކު ބުނި ޖަމާއީ ހަރަކާތްތައް ނުރާވާން. އެކަމްވެސް އަޅައެއް ނުލި. މިހާރު އެތިބީ ރާކަނިމަސް ކެވިފަ.