އޭޝިއާ ދުނިޔެ

ޔޫއޭއީގެ ގްރީން ލިސްޓަށް ދިވެހިރާއްޖެ، ދުބާއީގައި ކަރަންޓީން ވާކަށް ދެން ނުޖެހޭ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އިން ރައްކާތެރި ޤައުމުތަކުގެ ލިސްޓް (ގްރީން ލިސްޓް)ގައި ރާއްޖެ ހިމަނައިފިއެވެ.

Ads by Sosun Fihaara

ގްރީން ލިސްޓަކީ ކޮވިޑް-19 ފެތުރޭ މިންވަރަށް ބެލުމަށް ފަހު ރައްކާތެރި ޤައުމުތަކުގެ ގޮތުގައި ޔޫއޭއީގެ ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ނެރޭ ލިސްޓެކެވެ. މި ލިސްޓްގައިވާ ޤައުމުތަކުން ދަތުރުކުރާ ފަރާތްތަކުން ޔޫއޭއީގައި ކަރަންޓީން ފުރިހަމަ ކުރާކަށް ނުޖެހޭނެއެވެ.

ޖޫން 24ގެ ފަހުން މިއީ އެޤައުމުން ގްރީން ލިސްޓް އަދާހަމަ ކުރި ފުރަތަމަ ފަހަރެވެ. މިގޮތުން މިފަހަރު މި ލިސްޓަށް ރާއްޖެއާއެކު އަށް ޤައުމެއް ވަނީ ހިމަނައިފައެވެ. މީގެ ތެރޭގައި ހިމެނެނީ، ބަޙްރެއިން، ބުރުނާއީ، ބަލްގޭރިއާ، ޗެކްރިޕަބްލިކް، ޕޮލެންޑް، ސާބިއާ އަދި ޔޫކްރެއިންއެވެ.

ޔޫއޭއީގެ ގްރީން ލިސްޓްގައި މި ޤައުމުތަކާ އެކު ޖުމްލަ 31 ޤައުމެއް އެބައޮތެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފައި ވަނީ ކަރަންޓީން ފުރިހަމަ ކުރަން ނުޖެހޭނީ އެ ޤައުމަށް އެތެރެވި ޤައުމު ބެލުމަށް ފަހުގައި ކަމަށާއި ކޮން ޤައުމަކަށް ނިސްބަތްވާ މީހެއްތޯ ބެލުމަށް ފަހުގައި ނޫން ކަމަށެވެ.

ގްރީން ލިސްޓްގައި ރާއްޖެ އޮތް ނަމަވެސް ފެބްރުއަރީ މަހު ރާއްޖޭގައި ކޮވިޑް-19 ހާލަތު ގޯސްވާން ފެށުމުން،. އެ ލިސްޓުން ރާއްޖޭގެ ނަން ވަނީ އުނިކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!