ޚަބަރު

ކާށިދޫން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ 200އާ ގާތަށް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ ގޫގުލް

ކ.ކާށިދޫން ކޮވިޑް-19އަށް މިއަދު އަލަށް 16 މީހުން ފައްސިވެ، އެރަށުން ބަލިޖެހުނު މީހުންގެ ޖުމްލަ 195އަށް އަރައިފިއެވެ.

Ads by MWSC

ކާށިދޫ ސިއްހީ މަރުކަޒުން މިއަދު އާއްމު ކުރި ކޮވިޑް-19ގެ އަދާހަމަތަކަށް ބަލާލާއިރު އެރަށުން މިހާތަނަށް ޖުމްލަ 2753 ސުންކު ނަގައިފައި ވެއެވެ. އޭގެ ތެރެއިން 2526 ސުންކު ކޮވިޑް-19އަށް ނައްސިއެވެ. އަދި ނަތީޖާ ނުލިބޭ 32 ސުންކެއް ވެއެވެ. ކާށިދޫން 56 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކާށިދޫގައި މިވަގުތު ކޮވިޑް-19 ބަލި ޖެހިފައިވާ 139 މީހުން ތިބިއިރު 100 ގެ ވަނީ މޮނިޓަރިންއަށް ލައިފައެވެ. އަދި 4 ގެ މިވަގުތު ވަނީ ކަރަންޓީނު ކުރެވިފައިކަމަށް ވެސް ކާށިދޫ ސިއްހީ މަރުކަޒުގެ ކޮވިޑް-19 އަދާހަމަތަކުން ދައްކައެވެ.

ކޮވިޑް-19 ގެ ވޭދަނައެއް ފެނި މި ޖުލައި މަހުގެ 14 ވަނަ ދުވަހު މޮނިޓަރިންއަށް ލައިފައިވާ ކާށިދޫ ވަނީ މީގެ ކުރިން ވެސް ކޮވިޑް-19 ގެ ވޭދަނަތަކެއް ފެނިގެން މޮނިޓަރިންއަށް ލާފައެވެ.

ކާށިދޫގެ ހާލަތާ ބެހޭ ގޮތުން މީގެ ކުރިން "ދެން" އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ރައީސް ހައްމަދު އާމިރު ވިދާޅުވީ ރަށުގެ ހާލަތު ގޯސްވުމުގެ ސަބަބުން ރޭގަނޑު 9އިން ފަތިހު 4އަށް ކާފިއު އިއުލާނުކޮށް ޒަރޫރީ ބޭނުންތަކަށް ފިޔަވައި ގެއިން ބޭރަށް ނުކުތުން މަނާކޮށްފައިވާ ކަމަށެވެ އަދި ރަށުގެ އެތެރޭގެ ހަރަކާތްތައް އަދިވެސް މަދުކުރުމަށް ކޮންމެ ގޭބީސީއަކަށް ވަކި އަދަދަކަށް ޕާމިޓް ދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް އާމިރު ވަނީ ކުރިން ވިދާޅުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!