ޚަބަރު

ރަސްދޫ އަދި ތޮއްޑޫ ހުޅުވައިލައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކޮވިޑް-19 ވޭދަނަތަކެއް ފެނިގެން މޮނިޓަރިންއަށް ލައިފައި އޮތް އއ އަތޮޅުގެ ދެ ރަށް ކަަމަށްވާ ތޮއްޑޫ އަދި ރަސްދޫ ހުޅުވައިލައިފިއެވެ.

Ads by STELCO

ތޮއްޑޫ މޮނިޓަރިންނަށް ލައިފައި ވަނީ 24 މެއިގައެވެ، ރަސްދޫ މޮނިޓަރިންގެ ހާލަތަށް ގެެނެސްފައި ވަނީ މި މަހު 17 ވަނަ ދުވަހުއެވެ.

މިއަދު ތޮއްޑޫ އަދި ރަސްދޫ މޮނިޓަރިންގެ ހާލަތުން ނެގިއިރު، ހއ. ތަކަންދޫން މީހަކު ބައްޔަށް ފައްސިވެ އެ ރަށް ވަނީ މޮނިޓަރިންއަށް ލައިފައެވެ.

މިވަގުތު ރާއްޖޭގައި 11 ރަށެއް މޮނިޓަރިންނަށް ލައިފައިވެއެވެ. އެއީ ފުވައްމުލަކު ސިޓީއާއި ރ. ދުވާފަރާއި ގއ. ކޫއްޑޫއާއި ށ. ފޯކައިދޫއާއި ގދ. ނަޑެއްލާއާއި ކ. ކާށިދޫއާއި ހދ. ކުޅުދުއްފުއްޓާއި ހއ. ދިއްދޫއާއި މ. ކޮޅުފުއްޓާއި ށ. ފީވަކުގެ އިތުރުން މިއަދު މޮނިޓަރިންނަށްލި ހއ. ތަކަންދޫއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!