Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ދުވާފަރަށް އިތުރު ޑޮކްޓަރުންނާއި ނަރުހުން ފޮނުވައިފި

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ދުވާފަރަށް އިތުރު  ޑޮކްޓަރުންނާއި ނަރުހުން ފޮނުވައިފި

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ރ. ދުވާފަރަށް އިތުރު ޑޮކްޓަރުންނާއި ނަރުހުން ފޮނުވައިފިއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނީ ދުވާފަރުގެ ކޯވިޑް ގެ ހާލަތު ރަނގަޅުކުރުމަށް ޓަކައި އިތުރު 2 ނަރުހުން ފޮނުވައިފައިވާ ކަމަށާއި އިމަޖެންސީ ފަރުވާ ދިނުމަށް ފެސިލިޓީގައި އިތުރަށް ކުރަން ހުރި ކަންތައްތައް ކުރުމަށް މެޑިކަލް ސްޓާފުން ވެސް ދުވާފަރަށް ފޮނުވައިފައިވާ ކަމަށެވެ. މީގެ އިތުރުން ހައިރިސްކް ކެޓަގަރީގެ މީހުން އެސެސްމެންޓް ހެދުމަށް ޑޮކްޓަރުން ވެސް ފޮނުވާފައިވާކަމަށް އުނގޫފާރު ހޮސްޕިޓަލުން ބުނެއެވެ.

ކޮވިޑް-19ގެ ވޭދަނަތައް ގިނަވެ ދުވާފަރު ފުރަބަންދު ކޮށްފައި ވަނީ މިދިޔަ މަހު 26ގައެވެ. ދުވާފަރުން މިހައިތަނަށް ޖުމްލަ 550 މީހުން ވަނީ ބައްޔަށް ފައްސިވެފައެވެ. އެ ރަށުން އަލަށް 12 މީހުން ފައްސިވެފައިވާއިރު ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި 67 ސުންކު ވަނީ ނަގައިފައެވެ.

Advertisement
Ooredoo — Square (box)

ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދޭ މީހުން މަރުވާ ކަަމަށް ބުނެ، ރ.ދުވާފަރު ހޮސްޕިޓަލް ސަރަހައްދުގައި މި މަހުގެ 29 ވަނަ ދުވަހު ވަނީ މުޒާހަރާ ވަނީ ކޮށްފައެވެ. ދުވާފަރު ހޮސްޕިޓަލުން ފަރުވާ ދިން ޖުމްލަ 04 މީހަކު މިހާތަނަށް ވަނީ ނިޔާވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް