Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އީދު ބަންދަށް ދިޔަ މީހަކު ކޮވިޑް-19އަށް ފައްސިވެ، ކުޑަހުވަދޫ މޮނީޓަރިންއަށް

އީދު ބަންދަށް ދިޔަ މީހަކު ކޮވިޑް-19އަށް ފައްސިވެ، ކުޑަހުވަދޫ މޮނީޓަރިންއަށް
އީދު ބަންދަށް ދިޔަ މީހަކު ކޮވިޑް-19އަށް ފައްސިވުމުގެ ސަބަބުން ދ.ކުޑަހުވަދޫ މޮނީޓަރިންއަށް ލައިފިއެވެ. އެނގިފައިވާ ގޮތުގައި ފައްސިވެފައި ވަނީ އީދު ބަންދަށް ފަހު ކުޑަހުވަދޫން މާލެ ދިޔަ އަންހެނެކެވެ. އޭނާ ކުޑަހުވަދޫއަށް ދިޔައީ 72 ގަޑިއިރު ހަމަނުވާ ނައްސި ޕީސީއާރް ޓެސްޓު ނަތީޖާއަކާ އެކު ކަމަށާއި އެ އަންހެން މީހާ ހުރީ ވެކްސިންގެ ދެ ޑޯޒް ވެސް ފުރިހަމަ ކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ. އެ އަންހެން މީހާ ކޮވިޑަށް ފައްސިކަން އެނގިފައި ވަނީ ކުޑަހުވަދޫން މާލެ އައި ފަހުން އަލާމާތްތަށް ފެނިގެން ޓެސްޓު ކުރުމުންނެވެ. ޗުއްޓީ ހޭދަ ކުރަން ދިޔަ މީހަކު ކޮވިޑަށް ފައްސިވުމާ ގުޅިގެން، ކުޑަހުވަދޫއަށް އަރައިފޭބުން މަނާ ކޮށްފައި ވަނީ މިރެއެވެ. އެ ރަށާ އެކު ރާއްޖޭގައި މޮނީޓަރިންގެ ހާލަތުގައި މިވަގުތު އޮތީ 12 ރަށެކެވެ. އެއީ:
  • ޏ. ފުވައްމުލައް
  • ރ. ދުވާފަރު
  • ގއ. ކޫއްޑޫ
  • ށ. ފޯކައިދޫ
  • ގދ. ނަޑެއްލާ
  • ކ. ކާށިދޫ
  • ހދ. ކުޅުދުއްފުށި
  • ހއ. ދިއްދޫ
  • މ. ކޮޅުފުށި
  • ށ. ފީވަށް
  • ހއ. ތަކަންދޫ
  • ދ. ކުޑަހުވަދޫ
އީދު ބަންދަށް އެތައް ބަޔަކު ރަށްރަށަށް ގޮސްފައިވާއިރު އަލުން ކޮވިޑްގެ ހާލަތު ގޯސްވެދާނެތީ ކަންބޮޑުވުން ވަނީ އުފެދިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް