ލުއި ޚަބަރު

މި ފޮޓޯއިން އަންހެނަކު ފިލާ އެބަހުރި، ފެންނާނީ ވަރަށް ތޫނުފިލި މީހަކަށް

ދެން އެމްވީ ، ދެން އޮންލައިން

މަތީގައި އެވާ ފޮޓޯ އަކީ ފަރުބަދަ މަތީ ފޮޓޯއެކެވެ. އެފޮޓޯއަކީ މީގެ ކުރިން މީސްމީޑިއާގެ އެކި މަންސަތަކުގައި ވަރަށް "ވައިރަލް" ފޮޓޯއެކެވެ. އެފޮޓޯ މީސްމީޑިއާގައި ހިއްސާ ކުރުމަށްފަހު އެފޮޓޯގައި އަންހެނަކު ހުރި ކަމަށް ބުނެފައިވެއެވެ. އެހެން  ނަމަވެސް އެފޮޓޯއިން އަންހެނަކު ހޯދުމަށް ގިނަ ބަޔަކު ވަނީ ނުކުޅެދިފައެެވެ. އަދި އެއީ މީހުން "މޮޔަ" ހެއްދުމަށް ހިއްސާ ކޮށްފައިވާ ފޮޓޯއެއް ކަމަށްވެސް ގިނަ ބަޔަކު ބުނެފައިވެއެވެ.

ހަގީގަތަކީ މިއީއެއް ނޫނެވެ. މިފޮޓޯގައި ހަގީގަތުގައި ވެސް އަންހެނަކު އެބަހުއްޓެވެ. ނަމަވެސް އެ އަންހެން މީހާ ފެންނާނީ ވަރަށް ތޫނުފިލި މީހަކަށްކަން ގައިމެވެ. އެގޮތުން މި ފޮޓޯ މީސްމީޑިއާގައި ހިއްސާކުރިތާ މާ ގިނައިރުތަކެއް ނުވެ ގިނަ ބަޔަކު ވަނީ މި އަންހެންމީހާ ހޯދުމަށްފަހު ކޮމެންޓު ކޮށްފައެވެ.

ގިނަ ބަޔަކު އެ އަންހެންމީހާ ހޯދި ނަމަވެސް ބައެއް  ފަރާތްތަކަށް ފޮޓޯގައި އެ އަންހެންމީހާ ފާހަގަ ކޮށް ބޮޅު އެޅުމުން ވެސް އެ އަންހެން މީހާ ފެނިފައެއް ނުވެއެވެ. މިހެން ވެދާނެ ބައިވަރު ސަބަބުތައް އެބަހުއްޓެވެ.

ފޮޓޯގައި ފެންނަ ގައު ތަކަކީ ވަރަށް ބިޔަ ބޮޑެތި ގައު ތަކެކެވެ. މަތީގައި އެވާ ފޮޓޯގައި ބޮޅު އަޅާފައިވާ ހިސާބުގައި އެފެންނަނީ އެމީހާ ދެއަށް މައްޗަށް ނަގައިގެން ހުރި މަންޒަރެވެ. ނަމަވެސް ބައެއް ފަރާތްތަކަށް އެކަން ފާހަގަ ނުވެދާނެއެވެ. ސަބަބަކީ ގަައުތަކުގެ ބިޔަކަމާއި ފޮޓޯ ނަގާފައިވާ ދުރުމިނެވެ.

މިފަދަ ގިނަ ފޮޓޯތަކެއް މީސްމީޑިއާގައި ހިއްސާ ކުރަމުންދާއިރު، މިފަދަ ފޮޓޯތަކުން ފޮރުވިފައިވާ އެއްޗެހި ހޯދުމަކީ ގިނަ ބަޔަކު ވަރަށް ޝައުގުވެރިކަމާއެކު ކުރާ ކަންކަމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!