Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ފޯކައިދޫގެ ހާލަތު މަޑުމަޑުން އަންނަނީ ރަނގަޅުވަމުން: ކައުންސިލް

ފޯކައިދޫގެ ހާލަތު މަޑުމަޑުން އަންނަނީ ރަނގަޅުވަމުން: ކައުންސިލް

ކޮވިޑް-19ގެ ވޭދަނައެއް ފެނި މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހު މޮނިޓަރިންއަށް ލީ ށ. ފޯކައިދޫގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށް ފޯކައިދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.

"ދެން"އަށް މައުލޫމާތު ދެއްވަމުން ފޯކައިދޫ ކައުންސިލްގެ ރައީސް އަހުމަދު އާސިފް ވިދާޅުވީ ރަށުގެ އާއްމު ހާލަތު ވެސް މަޑުމަޑުން ރަނގަޅުވަމުން އަންނަ އިރު ވަކި ތަރުތީބެއް ނެތި މިހާރު ސުންކު ނަގަމުން އަންނަކަމަށެވެ.

"ރަށުގެ އާއްމު ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަނީ. މިހާރު ދެން ރެންޑަމް ސާމްޕަލް މިނަގަނީ. މިވަގުތު އެކްޓިވް ކޭސްގެ ޖުމްލައަކީ 114" އާސިފް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

އިތުރަށް މައުލޫމާތު ދެއްވަމުން އާސިފް ވިދާޅުވީ ހާލަތު ރަނގަޅުވީ ނަމަވެސް އަދި ފިޔަވަޅުތަކަށް ލުއި ދީފައިނުވާ ކަމަށާއި ޒަރޫރީ ބޭނުންމެއްގައި މެނުވީ ގެއިން ބޭރަށް ނުކުތުން މަނާކޮށްފައިވާކަމަށެވެ

"ޒަރޫރީ ބޭނުމެއްގައި ފާސް ހިފައިގެން ކޮންމެ ގެޔަކުން އެންމެ ބޭފުޅަކަށް ބޭރަށް ނުކުމެވޭނީ. އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އެއީ" އާސިފް ވިދާޅުވިއެވެ،

މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހު ރޯގާގެ އަލާމާތް ހުރެގެން ޓެސްޓު ހެދި 61 އަހަރުގެ އަންހެނަކު ކޮވިޑް19އަށް ފައްސިވުމާ ގުޅިގެން އެމަހުގެ 13 ވަނަ ދުވަހު ފޯކައިދޫ މޮނިޓަރިންއަށް ލައިފައިވާއިރު ފޯކައިދޫގައި މީގެ ކުރިން ވެސް ގޭގައި ކަރަންޓީނުގައި ތިބި ބަޔަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އެހެން ނަމަވެސް މިއީ އެރަށް މޮނިޓަރިންނަށް ލީ ފުރަތަމަ ފަހަރެވެ

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް