އިންތިޚާބު އިއުލާން ކުރުމުގެ މާ ކުރިން އިދިކޮޅުން ބަލި ޤަބޫލުކޮށްފި: މައުސޫމް

2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އިއުލާންކުރުމުގެ ވެސް ކުރީގައި އިދިކޮޅު ޕާޓީގެ ބައެއް އިސް ބޭފުޅުން ބަލި ޤަބޫލު ކުރައްވައިފިކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މައުސޫމް މިހެން ވިދާޅުވެފައި އިދިކޮޅުން އިފްތިތާޙް ކުރި "މިނިވަންކަމުގެ ދިފާޢުގައި - ދިވެހީން" މި ނަމުގައި ހިންގަމުން އަންނަ ކެންޕެއިންގައި ބައިވެރިވުމުގެ ދައުވަތު ސަރުކާރު ހިމެނޭ ކޯލިޝަންގެ ތިން ލީޑަރަކަށް އެރުވުމާ ގުޅިގެންނެވެ.
އިދިކޮޅު ކޯލިޝަންއިން ދަޢުވަތު ދިން ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރު ކަމަށް ވަޑައިގަތް މައުސޫމް މިއަދު ވިދާޅުވީ، އިދިކޮޅު ބައެއް އިސް ބޭފުޅުން ވާދަވެރި ނޫން ގޮތަކަށް ބަސް ވިދާޅުވުމުން، އިންތިޚާބު ނުބާއްވަނީސް ބަލިވެފައިވާކަން ޤަބޫލުފުޅު ކުރެއްވި ކަމަށެވެ. އަދި އިޤްތިޞާދު ފުލުގައި ޖައްސައިލި ކޮވިޑް-19ގެ ތެރޭގައިވެސް ޤައުމު ހިންގަވަމުން އެ ގެންދަވަނީ އިދިކޮޅުން "ޖޭ"ވާހާ މޮޅަށް ކަމަށް ވެސް މައުސޫމް ވިދާޅުވިއެވެ.
"އިކޮނޯމީ ފުލުގަޖައްސާލި ކޮވިޑުތެރޭ ވެސް ޤައުމު ހިންގަމުން އެ ގެންދަވަނީ އެއުރެން ޖޭ ވާހާ މޮޅަށް." މައުސޫމް ވިދާޅުވިއެވެ.
ޑރ. މައުޞޫމް ތިވިދާޅުވީ ހަމަ އަޞްލު އެކަން އޮތްގޮތަށް.
ޑރ.މަޢުޞޫމް މިަދުވިދާޅުވާންޖެހެނީ އެގޮތަށް އެކަމަކު ………..