ޚަބަރު

ފީވަކު ކޮވިޑްގެ ހާލަތު: 5 ދުވަސް ތެރޭގައި 70އަށްވުރެ ގިނަމީހުންނަށް ބަލި ޖެހިއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ: ސަން އޮންލައިން

ރޯގާގެ އަލާމާތްތައް ހުރި ކަމަށް ބުނެ އާއްމު މީހެއް ކުރި ރިޕޯޓެއްގެ ސަބަބުން ތިން ގެޔަކުން ނެގި ތިން ސުންކެއް ފައްސިވެ މި ދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހު މޮނިޓަރިންއަށް ލީ ށ. ފީވަކުން މިހާތަނަށް 70އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިއްޖެ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

Ads by STELCO

"ދެން"އަށް މައުލޫމާތު ދެއްވަމުން ފީވަކު ކައުންސިލްގެ ރައީސް އަލީ ރަޝީދު ހަސަން ވިދާޅުވީ މިވަގުތު ބަލި ޖެހިފައި 70 މީހުން ރަށުގައި އެބަތިބި ކަމަށާއި އެންމެ ފަހުން ނެގި ސުންކުތަކުގެ ތެރެއިން އަދި ނަތީޖާ ނުލިބޭ ސުންކުތަކެއް ހުރުމުން ސީދާ ފައްސިވި އަދަދު ދަންނަވަން އަދި ނޭނގޭ ކަމަށެވެ.

"މިހާރު ޖުމްލަ އެކްޓިވް ކޭސް 70 އިން މައްޗަށް ގޮސްފި. އެހެން ނަމަވެސް އަދިވެސް ނަތީޖާތައް ލިބެމުންދާތީއާއި އަދި ނަތީޖާ ނުލިބި ހުރި ސާމްޕަލް ހުރުމުން ސީދާ އަދަދު ދަންނަވާކަން އަދި ނޭނގެ" އަލީ ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ ފީވަކަކީ ދަނޑުވެރި ރަށެއްކަމުން މޮނިޓަރިންއަށް ލުމުގެ ސަބަބުން ބައެއް ގޭގޭގެ ފަރާތްތަކަށް ދަނޑުތަކަށް ފެން ނުދެވޭތީ އެކަމުގެ ޝަކުވާ އަންނަ ކަމަށާއި އެކަމަށް ހައްލެއް ހޯދައި ދެއްވުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ. އަދި މޮނިޓަރިންގެ ހާލަތުގައި ރަށުގެ އެތެރޭގެ ހަރަކާތްތައް މަދުކޮށް ޒަރޫރީ ބޭނުންތަކުގައި ފިޔަވާ ގެއިން ބޭރަށް ނުކުތުން ވަނީ މަނާކޮށްފައިކަމަށް ވެސް ރަޝީދު ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!