ޔޫރަޕް

އިނގިރޭސިވިލާތުގެ ގްރީން ލިސްޓުން މި ފަހަރު ވެސް ރާއްޖެއަށް ޖާގައެއް ނުލިބުނު

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކޮވިޑް-19 ، ޤައުމެއްގައި އުޅޭ މިންވަރަށް ބަލައި އިނގިރޭސިވިލާތުން ހަދާ ދަތުރު ކުރެވޭ ޤައުމުތަކުގެ ލިސްޓުން މި ފަހަރު ވެސް ރާއްޖެއަށް ޖާގައެއް ނެތެވެ.

ރާއްޖޭގެ ކޮވިޑް-19 ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެފައިވުމާ އެކު، ޓްރެވެލް ލިސްޓުގެ ގްރީން ލިސްޓުން ރާއްޖެއަށް ޖާގަ ލިބިގެންދާނެ ކަމަށް މިދިޔަ ހަފްތާގައި އިނގިރޭސިވިލާތުގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެހެން ނަމަވެސް މިއަދު އާއްމު ކުރި ގްރީން ލިސްޓްގައި ރާއްޖޭގެ ނަން ހިމަނައިފައެއް ނުވެއެވެ.

މިއަދު އާއްމު ކުރި ލިސްޓުގައި، ދަތުރު ނުކުރެވޭ ރަތް ލިސްޓްގައި ރާއްޖޭގެ އިތުރުން، އިންޑިއާ، ޕާކިސްތާން، ލަންކާ އަދި ނޭޕާލް ހިމަނައިފައިވެއެވެ.

ރާއްޖެ، އިނގިރޭސިވިލާތުގެ ރަތް ލިސްޓަށް ލައިފައި ވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. އޭރު ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވިއެވެ.

ރަތް ލިސްޓަށް ލުމާ އެކު، ރާއްޖެއިން އިނގިރޭސިވިލާތަށް ދަތުރުކުރާ އެންމެން ވެސް 10 ދުވަހަށް ކަރަންޓީނު ވާން ޖެހޭނެއެވެ. އެހެން ނަމަވެސް، އެ ޤައުމުން ރާއްޖެއަށް އައުމުގެ ހުއްދައެއް ނޯންނާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!