ޔޫރަޕް

އިނގިރޭސިވިލާތުގައި ކޮވިޑް-19 ޖެހުނު ކޮންމެ ދިހަ މީހަކުން އެކަކަށް ބަލި ޖެހުނީ ހޮސްޕިޓަލުން

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިނގިރޭސިވިލާތުގައި ކޮވިޑް-19 ފުރަތަމަ ފެތުރެން ފެށިކޮޅު، ބަލީގެ ހާލަތު އެންމެ ބޮޑަށް ގޯސްވެގެން ދިޔައީ ހޮސްޕިޓަލުތަކަށް ފަރުވާ ހޯދަން އައި މީހުން ބައްޔަށް ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމުގައި އިހްމާލުވެފައިވާތީ ކަމަށާއި ބަލި ބޮޑަށް ފެތުރެން މެދުވެރިވި އެއް ތަނަކީ ހޮސްޕިޓަލްތައް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ދަ ލޭންސްނެޓް ޖާނަލްގައި ޝާއިރުކޮށްފައިވާ ދިރާސާއެއްގައިވާ ގޮތުން، 2020 ވަނަ އަހަރުގެ އޯގަސްޓް މަހާ ހަމައަށް އެޤައުމުން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ކޮންމެ ދިހަ މީހުންގެ ތެރެއިން އެކަކަށް ބަލި ޖެހިފައިވަނީ ހޮސްޕިޓަލުންނެވެ. މި ދިރާސާ ހަދާފައިވަނީ އިނގިރޭސިވިލާތުގެ 314 ހޮސްޕިޓަލެއްގެ މެޑިކަލް ރިކޯޑްތަކަށް ބިނާކޮށެވެ.

ދިރާސާ ހެދުމުގައި އިސްކޮށް ހަރަކާތްތެރިވި ބިރިގަމް ޔުނިވަރސިޓީގެ ޑރ.ކްރިސް ގްރީވް ވިދާޅުވީ، ބަލި ފެތުރެން މެދުވެރިވި ސަބަބަކީ ބައްޔާ ބެހޭ ގޮތުން އާއްމުން ހޭލުންތެރިވެފައި ނުވުމެވެ. އަދި ކުއްލި އަކަށް ބަލި ފެތުރުނީ ޓެސްޓް ކުރުމާއި ސިއްހީ އެހީތެރިންނަށް ފޯރުކޮށްދޭން ޖެހޭ ސަލާމަތީ އަންނައުނުފަދަ ތަކެތި ފޯރުކޮށްދެވިފައިނުވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ މަހު ޝާއިރުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި އެމެރިކާގެ ކެންސަރަށް ފަރުވާދެމުންދާ ހޮސްޕިޓަލެއްގައިފަރުވާ ދެމުން ދިޔަ މީހުންގެ ތެރެއިން 1 އިންސައްތަ މީހުންނަށްވަނީ ބަލި ޖެހިފައެވެ. މިމީހުންނަށް ބަލި ޖެހިފައިވަނީ ސިއްހީ އެހީތެރިންގެ ފަރާތުން ކަމަށް ބެލެވޭ ކަމަށް އެދިރާސާގައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!