ދީން

ޑރ.އިޔާޒްގެ ޤަލަމުން: މުޝްރިކުންނާއި އެއްގޮތް ވުމުން ދުރުހެލިވާށެވެ. 

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަތީފް ، ދެން އޮންލައިން

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: 

Ads by Hajj Corporation

މުޝްރިކުންނާއި ތަފާތުވުމަށާއި، އެބައިމީހުންގެ ޢަމަލުތައް ކޮޕީކޮށް ނުހެދުމަށް ކީރިތި ގުރްއާނުގައްޔާއި ނަބަވީ ސުންނަތުގައި ވަރަށް ވަރުގަދައަށް އަންގަވާފައިވެއެވެ. އެއީ، އަޅުކަމުގައިވިޔަސް، ނުވަތަ ދުވަސްތައް ފާހަގަ ކުރުން ކަމުގައިވީނަމަވެސް، ނުވަތަ ހެދުން އެޅުމުގައިވިޔަސްވެސް އެވެ. ނަމަވެސް ހިތާމައަކީ، ބައެއް މުސްލިމުން ނޭގިނަމަވެސް، ނުވަތަ ހަވާނަފްސަށް ތަބަޢަބުމުގެ ގޮތުންނަމަވެސް، ނުވަތަ އެނޫންސަބަބަކާ ހުރެނަމަވެސް، މިވަރުގަދަ އަމުރުފުޅާ ޚިލާފުވަމުން ދާކަމެވެ. މިއަދުގެ މުސްލިމުންނަށް މިކަން އޮޅިފައިވީނަމަވެސް، ޔަހޫދީންނާއި ޚިލާފުވުމަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގަދައަޅުއްވާ މަސައްކަތް ކުރައްވާކަން، އެކަލޭގެފާނުގެ ޒަމާނުގައި މަދީނާގައި އުޅުނު ޔަހޫދީންނަށްވެސް ވަރަށް ސާފުކޮށް އެނގެއެވެ. އެކަމުގެ ދަލީލެއްގެ ގޮތުން އަންނަނިވި ރިވާޔަތް ފުދެއެވެ. (فعن أنس بن مالك رضي الله عنه : ( أَنَّ الْيَهُودَ كَانُوا إِذَا حَاضَتْ الْمَرْأَةُ فِيهِمْ لَمْ يُؤَاكِلُوهَا ، وَلَمْ يُجَامِعُوهُنَّ فِي الْبُيُوتِ ، فَسَأَلَ أَصْحَابُ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَأَنْزَلَ اللَّهُ تَعَالَى : ( وَيَسْأَلُونَكَ عَنْ الْمَحِيضِ قُلْ هُوَ أَذًى فَاعْتَزِلُوا النِّسَاءَ فِي الْمَحِيضِ ).. إِلَى آخِرِ الْآيَةِ ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : اصْنَعُوا كُلَّ شَيْءٍ إِلَّا النِّكَاحَ ، فَبَلَغَ ذَلِكَ الْيَهُودَ ، فَقَالُوا : مَا يُرِيدُ هَذَا الرَّجُلُ أَنْ يَدَعَ مِنْ أَمْرِنَا شَيْئًا إِلَّا خَالَفَنَا فِيهِ) މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަނަސް ބިން މާލިކުގެ ކިބައިން ރިވާވެގެންވެއެވެ. ޔަހޫދީންގެ ތެރޭގައި އަންހެނަކު ޙައިޟުގެ ދުވަސްވަރުފެށިއްޖެނަމަ، އޭނާ އާއި އެކު ކައިބޮއި ނުހަދައެވެ. އަދި ގެއިން ބޭރުކޮށް އެކަހެރިކޮށްލައެވެ. މިކަމާއިމެދުގައި ޞަޙާބިން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އާއި ސުވާލު ކުރުމުން ސޫރަތުލް ބަގަރާގެ 222 ވަނަ އާޔަތް ބާވާލެއްވުނެވެ. (وَيَسْأَلُونَكَ عَنِ الْمَحِيضِۖ قُلْ هُوَ أَذًى فَاعْتَزِلُوا النِّسَاءَ فِي الْمَحِيضِۖ وَلَا تَقْرَبُوهُنَّ حَتَّىٰ يَطْهُرْنَۖ فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ اللَّـهُۚ إِنَّ اللَّـهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ ) މާނައަކީ " އަދި حيض އާމެދު، ކަލޭގެފާނާ އެއުރެން سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އުނދަގޫ (ލިބެނިވި) ކަމެކެވެ. ފަހެ، حيض ގެ ދުވަސްވަރުގައި ތިޔަބައިމީހުން އަންހެނުންނާ ދުރުހެލިވާށެވެ! (އެބަހީ: جماع ނުވާށެވެ! އަދި އެކަނބަލުން ހިނައި طاهر ވެއްޖައުމަށްދާނދެން ތިޔަބައިމީހުން އެކަނބަލުންނާ ގާތްނުވާށެވެ! ފަހެ އެކަނބަލުން ހިނައި طاهر ވެއްޖެނަމަ، اللَّه ތިޔަބައިމީހުންނަށް أمر ކުރައްވާފައިވާ ފަދައިން އެކަނބަލުން ގާތަށް ތިޔަބައިމީހުން ދާށެވެ! (އެބަހީ: جماع ވުން ހުއްދައެވެ.) ހަމަކަށަވަރުން، ގިނަގިނައިން توبة ވާ މީހުންދެކެ اللَّه ލޯބިވެ ވޮޑިގެންވެއެވެ. އަދި طاهر ވާ މީހުން ދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ). މިއާޔަތް ބާވާލެއްވުމުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ޙައިޟުވެރި އަންހެނާ އާއި އެކުގައި ޖިމާޢުވުން ފިޔަވާ އެހެން ހުރިހާ ކަމެއްވެސް ކުރާށެވެ". މިޚަބަރު ޔަހޫދީންނަށް ލިބުމުން ބުންޔެވެ. "މިމީހާ (ކީރިތި ރަސޫލާ) ގެ ހަމައެކަނި ބޭނުމަކީ ކޮންމެ ކަމެއްގައިމެ އަހަރުމެންނާ ޚިލާފުވެ ތަފާތުވެގަތުމެވެ". 

ޔަހޫދީންނާއި ޚިލާފުވުމަށް އަންގަވާފައިވާ ދަލީލުތައް ކީރިތި ގުރްއާނުގައްޔާއި ނަބަވީ ސުންނަތުގައި ބައިވަރު އެބަހުއްޓެވެ. އެގޮތުން ބައެއް ދަލީލުތައް ބަޔާންކޮށްލާނަމެވެ. 

ގުރްއާނުގެ ދަލީލުތައް: 

  1. ސޫރަތުލް ޖާޘިޔާގެ 16-18 އަށް: (وَلَقَدْ آتَيْنَا بَنِي إِسْرَائِيلَ الْكِتَابَ وَالْحُكْمَ وَالنُّبُوَّةَ وَرَزَقْنَاهُمْ مِنْ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَى الْعَالَمِينَ . وَآتَيْنَاهُمْ بَيِّنَاتٍ مِنْ الْأَمْرِ فَمَا اخْتَلَفُوا إِلَّا مِنْ بَعْدِ مَا جَاءَهُمْ الْعِلْمُ بَغْيًا بَيْنَهُمْ إِنَّ رَبَّكَ يَقْضِي بَيْنَهُمْ يَوْمَ الْقِيَامَةِ فِيمَا كَانُوا فِيهِ يَخْتَلِفُونَ . ثُمَّ جَعَلْنَاكَ عَلَى شَرِيعَةٍ مِنْ الْأَمْرِ فَاتَّبِعْهَا وَلَا تَتَّبِعْ أَهْوَاءَ الَّذِينَ لَا يَعْلَمُونَމާނައަކީ: " ހަމަކަށަވަރުން، އިސްރާއީލް ގެދަރިންނަށް ތިމަންރަސްކަލާނގެ ފޮތާއި، حكمة އާއި، ނަބީކަން ދެއްވީމެވެ. އަދި ރަނގަޅު ތަކެތިން އެއުރެންނަށް رزق ދެއްވީމެވެ. އަދި (އެދުވަސްވަރުގެ) عالم ތަކުގެ މައްޗަށް އެއުރެން މާތްކުރެއްވީމެވެ. އަދި دين ގެ ކަންތަކާމެދުގައި بيان ވެގެންވާ ހެކިތަކެއް ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވީމެވެ. ފަހެ، އެއުރެންނާ ހަމަޔަށް علم އައުމަށްފަހުގައި މެނުވީ، އެއުރެން خلاف އެއް ނުވެތެވެ. (އެއީ) އެއުރެންގެ މެދުގައިވާ ދެކޮޅުވެރިކަމާއި، حسد ވެރިކަމުންނެވެ. ހަމަކަށަވަރުން، އެއުރެން خلاف ވެ އުޅުނު ކަންތަކާމެދު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ قيامة ދުވަހުން އެއުރެންގެ މެދުގައި ނިޔާ ކުރައްވާނެތެވެ. ދެން ތިމަންރަސްކަލާނގެ دين ގެ ކަންތަކުގައި (ފާޅުވެގެންވާ) شريعة އެއްގެ މަތީގައި ކަލޭގެފާނު ލެއްވީމެވެ. ފަހެ، ކަލޭގެފާނު އެޔަށް تبع ވެވަޑައިގަންނަވާށެވެ! އަދި ނުދަންނަ މީހުންގެ އެދުންތަކަށް ކަލޭގެފާނު تبع ވެވަޑައި ނުގަންނަވާށެވެ!". 

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ-ރަޙިމަހުﷲ- ވިދާޅުވިއެވެ. 

"ދުނިޔަވީ ގޮތުންނާއި ދީނީ ގޮތުން ޔަހޫދީންނަށް ގިނަގުނަ ނިޢްމަތްތައް ދެއްވި ވާހަކަ މިއާޔަތުގައި މިވަނީ އަންގަވާފައެވެ. އެބައިމީހުންގެ ގާތަށް ޙައްގު އައުމަށްފަހުގައިމެ، އަނިޔާވެރިވެ ދެބަސްވެގަތީއެވެ. އެއަށްފަހުގައި، މުޙައްމަދު-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މައްޗަށް ޝަރީޢަތެއް ބާވާލައްވައި، އެކަލޭގެފާނަށް ތަބަޢަވުމަށް އަމުރުކުރެއްވިއެވެ. އަދި ތަންދޮރު ނުދަންނަ މީހުންގެ ހަވާނަފްސުތަކަށް ތަބަޢަ ނުވުމަށް އަމުރުކުރެއްވިއެވެ. "ތަންދޮރުނުދަންނަ މީހުން" ގެ ތެރޭގައި މުޙައްމަދު-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މައްޗަށް ބާވާލެއްވުނު ޝަރީޢަތާއި ޚިލާފުވީ ކޮނމެ މީހަކު ހިމެނިގެންވެއެވެ. "ހަވާނަފްސުތައް" އޭ ބުނެވުނު ބަހުގެ ތެރޭގައި، މުޝްރިކުންގެ އުޅުމާއި އެބައިމީހުން ދީނީ ގޮތުން ކޮށް އުޅޭ ކަންތައްތައް ހިމެނިގެންވެއެވެ. އެހެންކަމުން، މުސްލިމުން އެބައިމީހުންނާ ކުޑަކޮށްނަމަވެސް އެއްގޮތްވެއްޖެނަމަ އެބައިމީހުން އެކަމާ ވަރަށް ބޮޑަށް އުފާކުރެއެވެ. މުދާ ހޭދަކޮށްގެންނަމަވެސް، މުސްލިމުން އެބައިމީހުންގެ ހެއްލުންތަކުގައި ބައިވެރި ކުރެވިއްޖެނަމަ، އެބައިމީހުންނަށް އެކަމުގެ ސަބަބަން ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބެއެވެ".  

  1. އައްރަޢުދު ސޫރަތުގެ 36-37 ގައި ވަޙީ ކުރައްވާފައިވެއެވެ. (وَالَّذِينَ آتَيْنَاهُمْ الْكِتَابَ يَفْرَحُونَ بِمَا أُنزِلَ إِلَيْكَ وَمِنْ الْأَحْزَابِ مَنْ يُنكِرُ بَعْضَهُ قُلْ إِنَّمَا أُمِرْتُ أَنْ أَعْبُدَ اللَّهَ وَلَا أُشْرِكَ بِهِ إِلَيْهِ أَدْعُو وَإِلَيْهِ مَآبِ . وَكَذَلِكَ أَنزَلْنَاهُ حُكْمًا عَرَبِيًّا وَلَئِنْ اتَّبَعْتَ أَهْوَاءَهُمْ بَعْدَمَا جَاءَكَ مِنْ الْعِلْمِ مَا لَكَ مِنْ اللَّهِ مِنْ وَلِيٍّ وَلَا وَاقٍ) މާނައަކީ: " ތިމަންރަސްކަލާނގެ ފޮތް ދެއްވި މީހުން، ކަލޭގެފާނަށް ބާވައިލެއްވި ތަކެއްޗާމެދު އުފާކުރެތެވެ. އަދި އޭގެ ބައެއް ތަކެއްޗާމެދު إنكار ކުރާ ބަޔަކު أحزاب ގެ ތެރެއިން (އެބަހީ: مشرك ންނާއި، ފޮތުގެ أهل ވެރިންކުރެ إيمان ނުވާ މީހުންގެ ތެރެއިން) ވެތެވެ. ކަލޭގެފާނު ވިދާޅުވާށެވެތިމަންކަލޭގެފާނަށް أمر ކުރައްވާފައިވާކަން ކަށަވަރީ، اللَّه އަށް އަޅުކަން ކުޅައުމަށެވެ. އަދި އެކަލާނގެއަށް شريك ނުކުރުމަށެވެ. ތިމަންކަލޭގެފާނު ގޮވައިލައްވަނީ، އެކަލާނގެއަށް އަޅުކަންކުރުމަށެވެ. އަދި ތިމަންކަލޭގެފާނު އެނބުރިދިއުންވަނީ އެކަލާނގެ حضرة އަށެވެ އެފަދައިން عرب ބަހުންވާ حكم އެއްގެ ގޮތުގައި، ތިމަންރަސްކަލާނގެ އެ قرآن ބާވައިލެއްވީމެވެ. އަދި ކަލޭގެފާނާ ހަމައަށް އައި علم އަށްފަހު، އެއުރެންގެ އަމިއްލަ އެދުމަށް ކަލޭގެފާނު تبع ވެވަޑައިގެންފިނަމަ، اللَّه އާ ދެކޮޅަށް نصر ދޭނެ މީހަކުވެސް، އަދި عذاب ން ރައްކާތެރިކުރާނޭ މީހަކުވެސް ކަލޭގެފާނަކަށް ނުވެތެވެ".  

"އެއުރެންގެ އަމިއްލަ އެދުމަށް ތަބަޢަވުމުގެ ތެރޭގައި" އެއުރެންގެ އުޅުން ކޮޕީކޮށް އެއުރެންނާ އެއްގޮތްވުން ހިމެނިގެންވެއެވެ. 

  1. ޙަދީދު ސޫރަތުގެ 16 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (أَلَمْ يَأْنِ لِلَّذِينَ آمَنُوا أَنْ تَخْشَعَ قُلُوبُهُمْ لِذِكْرِ اللَّهِ وَمَا نَزَلَ مِنْ الْحَقِّ وَلَا يَكُونُوا كَالَّذِينَ أُوتُوا الْكِتَابَ مِنْ قَبْلُ فَطَالَ عَلَيْهِمْ الْأَمَدُ فَقَسَتْ قُلُوبُهُمْ وَكَثِيرٌ مِنْهُمْ فَاسِقُونَ) މާނައަކީ: اللَّه ހަނދުމަކުރުމަށާއި، حق ބަސްފުޅުގެ ތެރެއިން ބާވައިލެއްވި ފޮތަށް އެއުރެންގެ ހިތްތައް މަޑުމައިތިރިވުމަށާއި، މީގެކުރިން ފޮތް ލިބުނު މީހުން ފަދައިން ނުވުމަށް، إيمان ވި މީހުންނަށް އަދިވެސް ވަގުތު ނާންނަނީހެއްޔެވެ؟ ފަހެ، އެއުރެންނަށް ޒަމާން ދިގުވެގެންދިޔައެވެ. ދެން (އެކަމުގެ ސަބަބުންއެއުރެންގެ ހިތްތައް ހަރުކަށިވިއެވެ. އަދި އެއުރެންކުރެ ގިނަމީހުންނީ فاسق ންނެވެ". 

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ-ރަޙިމަހުﷲ- ވިދާޅުވިއެވެ. " މީގެކުރިން ފޮތް ލިބުނު މީހުން ފަދައިން ނުވުމަށް، إيمان ވި މީހުންނަށް އަދިވެސް ވަގުތު ނާންނަނީހެއްޔެވެ؟" މިފަދައިން އޮތް ބަސްފުޅުން ދޭހަވަނީ ޔަހޫދީންނާއި ނަޞާރާއިންނާއި އެއްގޮތްވުމަކީ މުސްލިމުންގެ މައްޗަށް މަނާވެގެންވާ ކަމެއް ކަމެވެ. ޚާއްޞަ ގޮތެއްގައި ހިތްހަރުވުމުގައި އެބައިމީހުންނާއި އެއްގޮތް ނުވުމަށް މިއާޔަތުގައި އަންގަވާފައިވެއެވެ. ހިތްހަރުވުމަކީ އޭގެ ސަބަބަން ފާފަތަކަށް އަރައިގަތުމަށް މަގުފަހިވާ ކަމެކެވެ".  

މިއާޔަތުގެ ތަފްސީރުގައި އިބްނު ކަޘީރު-ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "އުޞޫލީ ކަމެއްގައިވެސް އަދި ފަރްޢީ ކަމެއްގައިވެސް ޔަހޫދީންނާއި ނަޞާރާއިންނާއި އެއްގޮތް ނުވުމަށް މުސްލިމުންނަށް އަންގަވާފައިވަނީ މިސަބަބަށް ޓަކައެވެ".  

  1. ސޫރަތުލް ބަގަރާގެ 104 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (يَا أَيُّهَا الَّذِينَ آمَنُوا لَا تَقُولُوا رَاعِنَا وَقُولُوا انظُرْنَا وَاسْمَعُوا وَلِلْكَافِرِينَ عَذَابٌ أَلِيمٌމާނައަކީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން (رسول އާގެ އަރިހުގައިرَاعِنَا އޭ ނުދަންނަވާށެވެ! އަދި (އޭގެ ބަދަލުގައި) انْظُـْرنَا އޭ ދަންނަވާށެވެ! އަދި ތިޔަބައިމީހުން (އެކަލޭގެފާނުގެ ބަސްފުޅު ރަނގަޅަށްއަޑުއަހާށެވެ! އަދި كافر ންނަށް ހުރީ، ވޭންދެނިވި عذاب އެވެ".  

މިއާޔަތުގެ ތަފްސީރުގައި އިބްނު ކަޘީރު-ރަޙިމަހުﷲ- ވިދާޅުވިއެވެ. "ބަހުގައިވެސް އަދި ޢަމަލުގައި ވެސް ކާފިރުވީ މީހުންނާއި އެއްގޮތް ނުވުމަށް މާތް ﷲ އެކަލާނގެ އަޅުތަކުންނަށް މިވަނީ އަންގަވާފައެވެ". 

އިސްވެދިޔާ އާޔަތް ތަކުންނާއި އަދި އެނޫންވެސް އެތައް އާޔަތަކުން ދޭހަވަނީ ކާފަރުންނާއި، ބަހުންނާއި ޢަމަލުން ޚިލާފުވާން ޖެހޭ ކަމެވެ. އަދި އެއީ އިސްލާމްދީނުގައި ވަރަށް ވަރުގަދަޔަށް އަންގަވާ އަމުރު ކުރައްވާފައިވާ ކަމެއް ކަމެވެ.  

މުޝްރިކުންނާއި އެއްގޮތް ނުވުމަށް އައިސްފައިވާ ސުންނަތުގެ ދަލީލުތައް: 

  1. عَنْ ابْنِ عُمَرَ رضي الله عنهما قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ ) މާނައަކީ: "މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. ކީރީތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ގައުމެއްގެ ބަޔަކާ އެއްގޮތްވެއްޖެ މީހާ އަކީ އެބައިމީހުންގެތެރެއިން ވާ މީހެކެވެ". 
  1. عَنْ شَدَّادِ بْنِ أَوْسٍ رضي الله عنه قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( خَالِفُوا الْيَهُودَ ، فَإِنَّهُمْ لَا يُصَلُّونَ فِي نِعَالِهِمْ وَلَا خِفَافِهِمْ) މާނައަކީ: "މާތް ﷲ ރުއްސުންލެއްވި ޝައްދާދު ބިން އައުސް ގެ ކިބައިން ރިވާ ވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ޔަހޫދީންނާއި ޚިލާފު ވާށެވެ. ހަމަކަށަވަރުން އެބައިމީހުން ޚުއްފުމަތީގައްޔާއި ފައިވާނުގައި ނަމާދުކޮށެއް ނޫޅެއެވެ". 
  1. عن عَبْدَ اللَّهِ بْنَ عَمْرِو بْنِ الْعَاصِ رضي الله عنهما قال : رأى رسول الله صلى الله عليه وسلم عَلَيَّ ثَوْبَيْنِ مُعَصْفَرَيْنِ ، فَقَالَ : ( إِنَّ هَذِهِ مِنْ ثِيَابِ الْكُفَّارِ فَلَا تَلْبَسْهَا ) މާނައަކީ: "މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޢަމްރު ބިން އަލްޢާޞް ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންނާ ރަތްކުލައިގެ ހެދުމެއް ލައިގެން ހުއްޓާ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައހި ވަސައްލަމަ އަށް ފެނިވަޑައިގެން ޙަދީޘް ކުރެއްވިއެވެ. "މިއީ ކާފިރުންގެ ހެދުމެކެވެ. މިހެދުން ނުލާށެވެ". މިޙަދީޘް އިން ދޭހަވަނީ އެހެދުންލުން މަނާ ކުރެއްވި ސަބަބަކީ ކާފިރުންނާއި ޚިލާފުވުން ކަމެވެ. 
  1. عن أبي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ : إِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( إِنَّ الْيَهُودَ وَالنَّصَارَى لَا يَصْبُغُونَ فَخَالِفُوهُمْ) މާނައަކީ: "މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާ ގެ ކިބައިން ރިވާވެގެންވެއވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ޔަހޫދީންނާއި ނަޞާރާއިން ނުރަ އިސްތަށީގައި ކުލަޖައްސާ ނުހަދައެވެ. ތިޔަބައިމީހުން އެމީހުންނާއި ތަފާތުވާށެވެ". އެހެން ޙަދީޘެއްގައިވެއެވެ. (غَيِّرُوا الشَّيْبَ ، وَلَا تَشَبَّهُوا بِالْيَهُودِ وَلَا بِالنَّصَارَى) މާނައަކީ: "ނުރަ އިސްތަށީގައި ކުލަޖައްސާށެވެ. އަދި ޔަހޫދީންނާއި ނަޞާރާ އިންނާއި އެއްގޮތް ނުވާށެވެ".  
  1. عن عَبْدَ اللَّهِ بْنَ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قال : حِينَ صَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ عَاشُورَاءَ وَأَمَرَ بِصِيَامِهِ قَالُوا : يَا رَسُولَ اللَّهِ ، إِنَّهُ يَوْمٌ تُعَظِّمُهُ الْيَهُودُ وَالنَّصَارَى ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : (فَإِذَا كَانَ الْعَامُ الْمُقْبِلُ إِنْ شَاءَ اللَّهُ صُمْنَا الْيَوْمَ التَّاسِعَ) قَالَ : فَلَمْ يَأْتِ الْعَامُ الْمُقْبِلُ حَتَّى تُوُفِّيَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ މާނައަކީ: "މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޢައްބާސް ވިދާޅުވިއެވެ. "ޢާޝޫރާ ދުވަހުގައި ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ރޯދަ ހިއްޕެވިއެވެ. އަދި އެދުވަހު ރޯދަ ހިފުމަށް އަމުރު ކުރެއްވިއެވެ. އެކަލޭގެފާނަށް ދެންނެވުނެވެ. "އެދުވަހަކީ (ޢާޝޫރާ ދުވަހަކީ) ޔަހޫދީން ވަރަށް މަތިވެރި ކުރާ ދުވަހެކެވެ". ޙަދީޘް ކުރެއްވިއެވެ. "ﷲ ގެ އިރާދަފުޅުން މިއަންނަ އަހަރުގައި ނުވަ ވަނަ ދުވަހާއި ދިހަވަނަ ދުވަހު ރޯދަ ހިފާހުށީމެވެ". އިބްނު ޢައްބާސް-ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. "އަނެއް އަހަރު އައުމުގެ ކުރިން އެކަލޭގެފާނު ސުވަރުގެ ވަޑައިގަންނަވައިފިއެވެ".  

ޢާޝޫރާ ދުވަހާއި އެކުގައި އެހެން ދުވަހެއްގައި، ޔަހޫދީންނާއި ޚިލާފު ވުމުގެ ގޮތުން ރޯދަ ހިއްޕެވުމަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޢަޒުމް ކުރެއްވިއެވެ. މި ހުރިހާ ކަމަކުން ދޭހަވަނީ ޔަހޫދީންނާއި ނަޞާރާ އިންނާއި އެއްގޮތް ވުމަކީ ހަމައެކަނި މައްކީ ދައުރުގައި އޮތްކަމެއް ނޫންކަމެވެ. އަދިކިއެއްތަ، މަދަނީ ދައުރުގައިވެސް މިކަން އޮތްކަމެވެ. އެހެނީ އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމުގެ ކުޑަދުވަސްކޮޅެއް ކުރިންވެސް މިވަނީ ޔަހޫދީންނާއި ނަޞާރާ އިންނާއި އެއްގޮތް ނުވުމަށް ޢަޒުމް ކުރައްވާ އެކަމަށް އަމުރުކުރައްވާފައެވެ. 

ކާފިރުންނާއި އެއްގޮތް ނުވުމަށް މުސްލިމުންނަށް އަންގަވާފައިވަނީ ވަރަށްވެސް ގިނަ ޙިކްމަތްތަކަކަށް ޓަކައެވެ. އެގޮތުން ފާހަގަ ކޮށްލެވޭ ކަންތައް ތަކުގެ ތެރޭގައި: 

  1. މުސްލިމަކު ކާފިރެއްގެ އުޅުމާއި ގޮތް ކޮޕީ ކުރުމުގެ މާނައަކީ، އޭނާ އުޅޭ ގޮތަށްވުރެ ކާފިރު މީހާގެ ގޮތް ރަގަޅު ކަމުގައި ގަބޫލު ކުރުމެވެ. މިކަމުގައި ﷲ ގެ މަޝީއަތާއި ފުށުއެރުން އެބަހުއްޓެވެ. ފިރިހެނެއްގެ ޞިފަ ޖެހިގަތުމަށް މަސަތްކަތްކުރާ އަންހެނަކު އެކަން އެކުރަނީ ﷲ ގެ ޚިލްގަތު ގަބޫލު ނުކުރެވިގެންނެވެ. ﷲ އޭނާ ހައްދަވާފައިވާ ގޮތާއި މެދުގައި ހިތްހަމަ ނުޖެހެވިގެންނެވެ. އެގޮތާއި މެދުގައި ނުރުހެވިގެންނެވެ. އެގޮތުން މުސްލިމަކު ކާފިރުން ކޮޕީކޮށްފިނަމަ އޭގެ ދޭހައަކީ ތިމަންނާގެ އުޅުން ބެހެއްޓުމަށް މާތް ﷲ އަމުރު ކުރައްވާފައިވާ ގޮތަށްވުރެ، ކާފިރު މީހާ އުޅޭ ގޮތް ރަގަޅު ވުމެވެ.  
  1. އެހެންމީހުން އުޅޭ ގޮތްބަލާ ކޮޕީ ކުރުމަކީ ތިމާގެ އަމިއްލަ ނަފްސުގެ ބަލިކަށިކަން ދޭހަކޮށްދޭ ކަމެކެވެ. ތިމާގެ ނަފްސުގެ ބަލިކަށިކަމެއް ހުރިނަމަވެސް، އެގޮތް އިޢްލާނުކޮށް އެގޮތުގައި ހަރުލައި ހުރުމަކީ އިސްލާމްދީން ތަރްޙީބު ދޭ ކަމެއް ނޫނެވެ. ކުރީގެ އުއްމަތްތަކުގެ ބުއްދިވެރިން އެބައިމީހުންގެ ޢަދުއްވުންނާއި އެއްގޮތް ނުވުމަށް މަސަތްކަތްކޮށްފައިވަނީ މިސަބަބަށްޓަކައެވެ.  
  1. ބޭރުފުށުން ބަޔަކާ އެއްގޮތްވުމުގެ މާނައަކީ ހިތުގެ އަޑިން އެބައިމީހުން ދެކެ ލޯބިވުމެވެ. އެހެނީ، އެއްވެސް އިންސާނަކު އޭނާ ލޯބިވާ މީހަކު މެނުވީ ކޮޕީ އެއް ނުކުރާނެއެވެ. ހުރިހާ ގޮތަކުންވެސް މުޝްރިކުންނާއި ތަފާތުވުމަށް މުސްލިމުންނަށް ވަނީ އަންގަވާފައެވެ. އާލްޢިމްރާން ސޫރަތުގެ 28 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (لَا يَتَّخِذْ الْمُؤْمِنُونَ الْكَافِرِينَ أَوْلِيَاءَ مِنْ دُونِ الْمُؤْمِنِينَ وَمَنْ يَفْعَلْ ذَلِكَ فَلَيْسَ مِنْ اللَّهِ فِي شَيْءٍ إِلَّا أَنْ تَتَّقُوا مِنْهُمْ تُقَاةً وَيُحَذِّرُكُمْ اللَّهُ نَفْسَهُ وَإِلَى اللَّهِ الْمَصِيرُ) މާނައަކީ: "مؤمن ން، مؤمن ން ފިޔަވައި كافر ން އެއީ، އެހީތެރިންކަމުގައި ނުހަދާހުށިކަމެވެ! އެކަންތައް (އެގޮތަށް) ކުރާމީހާ (ދަންނާށެވެ!) ފަހެ، اللَّه ގެ ވާގިވެރިކަމުގެ ތެރެއިން އެއްވެސްކަމެއްގައި އެމީހަކު ނުވެތެެވެއެއުރެންގެ ކިބައިން އަންނަ ނުރައްކަލަކުން ތިޔަބައިމީހުން ސަލާމަތްވުން مجبور ވެއްޖެ حال އެއްގައި މެނުވީއެވެ. އަދި، اللَّه އެކަލާނގެ عقاب އަށް ތިޔަބައިމީހުން ބިރުވެތި ކުރައްވަތެވެ. އެނބުރި ދިޔުންވަނީ اللَّه ގެ حضرة އަށެވެ". އަލްމުޖާދަލާ ސޫރަތުގެ 22 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (اللَّه އަށާއި، آخرة ދުވަހަށް إيمان ވާ މީހުންނީ، اللَّه އާއި، އެކަލާނގެ رسول އާއަށް ދެކޮޅުވެރިވާ މީހުންނަށް ލޯބިކުރާ ބަޔަކުކަމުގައިވާތީ ތިބާ ނުދެކޭނޫއެވެ. އެއުރެންނީ، އެއުރެންގެ މައިންބަފައިން ކަމުގައިވިޔަސް، ނުވަތަ ދަރިން ކަމުގައި، ނުވަތަ أخ ން ކަމުގައި، ނުވަތަ ގާތްތިމާގެ މީހުންކަމުގައި ވިޔަސްމެއެވެ. އެއުރެންނީ، އެއުރެންގެ ހިތްތަކުގައި އެކަލާނގެ إيمان ކަން ލިޔުއްވި މީހުންނެވެ. އަދި އެކަލާނގެ حضرة ން ލިބިފައިވާ روح އަކުން، އެއުރެންނަށް ގަދަކަންދެއްވި މީހުންނެވެ. އަދި އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަކަށް އެކަލާނގެ އެއުރެން ވައްދަވާނެތެވެ. އެތާނގައި އެއުރެން ދެމިތިބެނިވި ގޮތުގައެވެاللَّه އެއުރެންނަށް ރުއްސެވިއެވެ. އަދި އެއުރެން އެކަލާނގެއާމެދު ރުހިގެންވެއެވެ. އެއުރެންނީ اللَّه ގެ جماعة އެވެެ. ދަންނާށެވެހަމަކަށަވަރުން، اللَّه ގެ جماعة ގެ މީހުންނީ ހަމަ، ދިންނަވާނޭ މީހުންނެވެ". 
  1. ބޭރުފުށުން ކާފިރުންނާއި އެއްގޮތްވެއްޖެނަމަ، އެތެރެފުށުންވެސް އެއްގޮތްވުމަކީ ގާތް ކަމެކެވެ. އެގޮތުން އެބައިމީހުންގެ ޢަގީދާ ގަބޫލުކުރެވި، އެބައިމީހުންގެ އުޅުމާއި ގުޅުން ގަބޫލުކުރެވި، އެގޮތް ރަގަޅުވުމަކީ އެކަށީގެންވާ ކަމެކެވެ. މިހެންކަމުން، އެބައިމީހުންނާއި އެއްގޮތްވުމުން ނުވަތަ އެބައިމީހުން ކޮޕީ ކުރުމުން ދުރުހެލިވާންޖެހެއެވެ. 

މިނޫންވެސް އެތައް ސަބަބު ތަކަކަށް ޓަކައި މުޝްރިކުންނާއި އެއްގޮތް ނުވުމަށް މުސްލިމުންނަށް ވަނީ އަންގަވާފައެވެ. والله تعالى أعلى وأعلم. 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!