Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

ޖަލުތަކުން ގިނަ އަދަދެއްގެ މަނާތަކެތި އަތުލައިގެންފި

ޖަލުތަކުން ގިނަ އަދަދެއްގެ މަނާތަކެތި އަތުލައިގެންފި

ހަތިޔާރުގެ ގޮތުގައި ބޭނުން ކުރެވިދާނެ ފަދަ ގިނަ އަދަދެއްގެ ތަކެތި ޖަލުން އަތުލައިގަނެފައިވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަން އަހްމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަން އަހްމަދު މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދާއި ހުސްވި ހަފްތާގައި އައްސޭރި ޖަލާއި މާފުށީ ޖަލުގައި ވަނީ ކައިރިކައިރީގައި އޮޕަރޭޝަންތަކެއް ކުރިއަށް ގެންދެވިފައިވާ ކަމަށާއި އެ އޮޕަރޭޝަން ތަކުގައި ގިނައަދަދެއްގެ މަނާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ.

"މިއަދާއި ހުސްވި ހަފްތާގައި އައްސޭރިޖަލާއި މާފުށީ ޖަލުގައި ވަނީ ކައިރިކައިރީގައި އޮޕަރޭޝަންތަކެއް ކުރިއަށް ގެންދެވިފައި. މިއޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މަނާތަކެތި ވަނީ އަތުލައިގަނެވިފައި މިމައްސަލައަށް ދާއިމީ ހައްލު ހޯދެންދެން، އަވަސްއަވަހަށް އޮޕަރޭޝަންތައް ކުރިޔަށް ގެންދެވޭނެ" ޕްރިޒަން ކޮމިޝަނަރގެ ޓްވީޓްގައި ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

https://twitter.com/ahumadhumohamed/status/1424022972755365897

ކޮމިޝަނަރ ކުރެއްވި ޓްވީޓްގައި  ޖަލުތަކުން އަތުލައިގަނެފައިވާ ތަކެތީގެ ފޮޓޯތައް ހިމަނައިފައިވާއިރު އޭގެ ތެރޭގައި ގިނަ އަދަދެއްގެ ފޯނާއި ހެޑްސެޓް ފަދަ ތަކެތި އެއްޗެހި ހިމެނެއެވެ. މީގެ އިތުރުން ވަޅިއާއި ދަގަނޑުބުރި ފަދަ ތަކެތި ހިމެނެއެވެ. މި މައްސަލައަށް ދާއިމީ ހައްލު ހޯދެންދެން، އަވަސްއަވަހަށް އޮޕަރޭޝަންތައް ކުރިޔަށް ގެންދެވޭނެ ކަމަށް ވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

މި ފަދަ އޮޕަރޭޝަންތައް ޕްރިޒަންސްއާއި ފުލުހުން ގުޅިގެން ދޭތެރެދޭތެރެއިން ޖަލުތަކުގައި ހިންގައެވެ. އަދި މިފަދަ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މަނާ ސާމާނުތައް އަބަދުވެސް އަތުލައިގަނެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް