Friday, 6 November 2026
Advertisement
STO — McCoy (leaderboard)
އިޖުތިމާޢީ

ދިވެހި ބަހުގެ އެކެޑެމީގެ އައު ރައީސްއަކީ ޑރ. އަޝްރަފް

ދިވެހި ބަހުގެ އެކެޑެމީގެ އައު ރައީސްއަކީ ޑރ. އަޝްރަފް

ދިވެހިބަހުގެ އެކެޑަމީގެ އައު ރައީސަކަށް ޑރ. އަޝްރަފް އަބްދުއްރަހީމް ހޮވައިފިއެވެ.

ބަހުގެ އެކަޑަމީގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން ތިން މެންބަރެއްގެ ދައުރު މިއަދު ވަނީ ހަމަވެފައެވެ. އެ ތިން ބޭފުޅުންނަކީ އަޝްރަފް އަލީއާއި ރާފިއާ އަބްދުލްގާދިރު އަދި މުހައްމަދު ޝާހިދު ހަލީމެވެ. މި ތިން މެންބަރުންގެ ދައުރު ހަމަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް މިއަދު ވަނީ ތިން ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފައެވެ.

މިއަދު އައްޔަން ކުރެއްވި ތިން މެންބަރުންނަކީ ދަފްތަރު ނަންބަރު 1901 ޑޮކްޓަރު އަޝްރަފް އަބްދުއްރަހީމްއާއި ޅ.ކުރެންދޫ ނޫރަންގެ ޒުލްފާ އިބްރާހީމްއާއި މ.ޑައިމަންޑްވެލީ މުހައްމަދު ޝާހިދު ހަލީމެވެ.

Advertisement
Ooredoo — Square (box)

ދިވެހި ބަހުގެ އެކަޑަމީގެ ރައީސްކަމަށް ޑރ.އަޝްރަފް މިއަދު ހޮވިވަޑައިގަތީ އެ އެކަޑަމީގެ މެމްބަރުންގެ މެދުގައި ނެގި ސިއްރު ވޯޓުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް