Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
އިޖުތިމާޢީ

ފައްސިވީ އަދަދުތައް މިއަދު ވެސް 100އިން މައްޗަށް!

ފައްސިވީ އަދަދުތައް މިއަދު ވެސް 100އިން މައްޗަށް!

ރާއްޖެއިން މިއަދު އިތުރު 110 މީހުން ކޮވިޑް-19 އަށް ފައްސި ވެެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭގެ ހިސާބުތަކުން ދައްކައި ގޮތުގައި މިއަދު މާލެއިން ފައްސިވީ 25 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 72 މީހުން ފައްސިވެފައިވެއެވެ.

ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު 13 މީހުން ފައްސި ވެފައިވެއެވެ.

Advertisement
Ooredoo — Square (box)

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައިވަނީ 78،578 މީހުންނެވެ.

ބަލިން ފަސޭހަވެފައިވަނީ 75،778 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 19 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވެފައިވަނީ 222 މީހުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް