ކަނޑިތީމުން ދަތުރު ކުރަމުން ދިޔަ ލޯންޗެއްގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް ފަޅުވެރިއަކަށް އަނިޔާވެއްޖެ

ށ. ކަނޑިތީމުން ދަތުރު ކުރަމުން ދިޔަ ލޯންޗެއްގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް ފަޅުވެރިއަކަށް އަނިޔާވެއްޖެއެވެ.
"ދެން"އަށް އެނގިފައިވާ ގޮތުގައި އެ ލޯންޗުގެ ބިއްލޫރިގަނޑު ތެޅުނީ ބޮޑު ރާޅެއް ޖަހައިގެން ލޯންޗު ވައްޓައިލި ވަގުތުގައެވެ.
ކަނޑިތީމުން މާލެއަށް ދަތުރުކުރި "ފްލައިން ފިޝް 16" ނަމަކަށް ކިޔާ އެ ލޯންޗުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްގެން ހިނގި މި ހާދިސާގައި އަނިޔާވި މީހާގެ މޫނިމަތި ވަނީ ކަފައިގެން ގޮސްފައެވެ.
މި ހާދިސާގައި އަނިޔާވި މީހާގެ ނިތްކުރި މަތިން ކަފައިގެން ގޮސް ލިބުނު އަނިޔާއަށް ފަރުވާ ކުރުމަށް އޭނާ މިހާރު ވަނީ މާލެ ގެނެސްފައެވެ.
<img class="alignnone wp-image-108730 size-large" src="https://cdn.dhen.mv/wp-content/uploads/2021/08/IMG-44976e5b63a1c92bf867068ceb173951-V-768x1024.jpg" alt="" width="768" height="1024" />
މި ހާދިސާ ހިނގިއިރު އެ ލޯންޗުގައި އިން މީހަކު "ދެން"އަށް މައުލޫމާތު ދެމުން ބުނީ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައި ވަނީ ޖެހި ރާޅަކުން ކަމަށާއި ލޯންޗުގެ ފަޅުވެރިއެއްގެ މޫނުން އެކި ތަންތަން ކަފައިގެން ދިޔަ ކަމަށެވެ.
"ހާލު ސީރިއަސްއެއް ނޫން އެކަމަކު އެ ފަޅުވެރިޔާގެ. ލޯންޗުގައި ތިބި އެހެން މީހުންގެ ހާލު ވެސް ރަނގަޅު" މައުލޫމާތު ދިން މީހާ ބުންޏެވެ.
މި ހާދިސާ ހިނގައިފައި ވަނީ މިއަދު 11:30ހާއިރެވެ.





.webp)

ކޮމެންޓް