Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ސަލަފްގެ ރައްދު ވައްޑެއަށް: އޭނާއަކީ ދީނާ ޚިލާފު އެތައް ވާހަކައެއް ދައްކަވާ މެންބަރެއް، މިހާރު އެ ހަދަނީ ރޯ ދޮގު

ސަލަފްގެ ރައްދު ވައްޑެއަށް: އޭނާއަކީ ދީނާ ޚިލާފު އެތައް ވާހަކައެއް ދައްކަވާ މެންބަރެއް، މިހާރު އެ ހަދަނީ ރޯ ދޮގު

ޝެއިޚުންގެ ނަން ބޭނުންކޮށް، މަކަރު ހަދައިގެން ޕެޓިޝަނެއް ޖަމިއްޔަތުއްސަލަފުން އެކުލަވައިލި ކަމަށް ބުނެ ރޭ އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ވަހީދު (ވައްޑެ) ދެއްކެވި ވާހަކަފުޅާ ގުޅިގެން ޖަމިއްޔަތުއްސަލަފް ހޫނު ރައްދެއް ދެއްވައިއެވެ.

ރޭ އެމްޑީޕީގެ ޤައުމީ މަޖިލީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވައްޑެ ވިދާޅުވީ، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅެއްވި ނަފްރަތުގެ ބިލާ ދެކޮޅަށް 101 ޢިލްމުވެރިންގެ ސޮޔާ އެކު ނެރުނު ޕެޓިޝަނުގައި ޝެއިޚުން ނޫން އެހެން ފަރާތްތަކުން ވެސް ސޮއިކޮށްފައިވާ ކަމަށާއި އޭގައި ޖަމިއްޔަތުއްސަލަފްގެ އިދާރީ ބައެއް ބޭފުޅުން ވެސް ސޮއިކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން "ދެން"އިން ޖަމިއްޔަތުއްސަލަފްއާ ސުވާލު ކުރުމުން، އެ ޖަމިއްޔާގެ ރައީސް ޝެއިޚް އަބްދުﷲ މުޙައްމަދު ވިދާޅުވީ، ލާދީނިއްޔަތު ދިފާޢު ކުރުމަށް މަސައްކަތްކުރާ ފަރާތްތަކަކީ އަބަދުވެސް ރައްޔިތުންނަށް ޙަޤީޤަތް އޮޅުވައިގެން އުޅޭ ބައެއް ކަމަށެވެ. އަދި މެންބަރު ވަޙީދަކީ ދީނާ ޚިލާފް އެތައް ވާހަކައެއް ދައްކަވައިގެން ރައްޔިތުންނަށް ޙަޤީޤަތް ހާމަވެފައިވާ ފަރާތެއް ކަމަށާއި މިކަމުގައި ވެސް ހައްދަވަމުން ގެންދަވަނީ ދޮގު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

Advertisement
HDC — Sidebar (box)

"101 ޢިލްމުވެރިންގެ ޕެޓިޝަނަކީ ސަރުކާރުން އެމްޑީއެންއަށް ފިޔަވަޅުއެޅުމަށް ބާރުއެޅުމުގެ ގޮތުން އުފެއްދިފައިވާ ޢިލްމުވެރިންގެ މުސްތަޤިއްލު ޙަރަކާތަކުން،ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅުއްވައިފައިވާ ޕެޓިޝަނެއް. ވީމާ ސަަލަފަށް ނިސްބަތްކޮށް ޙަޤީޤަތާ ޚިލާފް ވާހަކަ ނުފެތުރުމަށް އިލްތިމާސްކުރަން" ޝެއިޚް ވިދާޅުވިއެވެ.

އުނގޫފާރު ދާއިރާގެ ރައްޔިތުންނަށް ކުރިއަށް އޮތްތާ މެމްބަރުން ހޮވުމުގައި ލާދީނިއްޔަތާ ދެކޮޅު މެމްބަރުން އިޚްތިޔާރުކޮށް، އިސްލާމްދީނަށް ލޯބިކުރާ ފަރާތްތައް ހޮވުމަށް އިސްކަން ދެއްވުމަށް އިލްތިމާސް ކުރާ ކަމަށް ވެސް ޝެއިޚް ޢަބްދުﷲ ވިދާޅުވިއެވެ.

މީގެ އިތުރުން، ނަފްރަތުގެ ބިލް ފާސް ކުރުމަށް އެންމެ ބޮޑަށް ބާރު އަޅުއްވަމުން ގެންދަވާ އެމްޑީޕީގެ ރައީސް ރައީސް ނަޝީދަށް ވެސް ޝެއިޚް ވަނީ ފާޑު ވިދާޅުވެފައެވެ. މިގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ގާނޫނާ ހިލާފަށް ހައްޔަރުކޮށް، ސިފައިންގެ މަރުކަޒު، ކ. ގިރިފުށީގައި 22 ދުވަސް ވަންދެން ބަހައްޓައިފައި ހުރި މައްސަލައިގައި އެމަނިކުފާނު ހައްޔަރު ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާނީ ޤާނޫނު އަސާސީ ތަންފީޒުކުރާ ވާހަކަ ދައްކަވާ ބޭފުޅުން ފުރަތަމަ ކުރައްވަން ޖެހިވަޑައިގަންނަވާނީ ޤާޟީއަކު ވަގަށް ނެގުމުގެ ސަބަބުން ޤާނޫނު ގަސްތުގައި މުގުރާފައިވާ މުޖްރިމު ރައްޔިތުންގެ ލާބަޔާ މަންފާޔަށް ޓަކައި ހައްޔަރުކޮށްދެއްވުން" ޝެއިޚް އަބްދުﷲ މުޙައްމަދު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް