ބޮލީވުޑް

ތައިމޫރްއާއި ހަގު ދަރިފުޅު ގޮވައިގެން ކަރީނާއާއި ސައިފް ރާއްޖޭގައި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ: ހުރިހާ

ބޮލީވުޑްގެ މިހާރު އެންމެ ނަން ހިނގާ ދެ ތަރިން ކަމުގައިވާ ކަރީނާ ކަޕޫރް ޚާންއާއި ސައިފް އަލީ ޚާން، އެ ދެމަފިރިންގެ ދެ ދަރިންނާ އެކު ރާއްޖެ އައިސްފިއެވެ.

Ads by Sosun Fihaara

ރިޕޯޓުތަކުން ބުނާ ގޮތުގައި ދޮށީ ދަރިފުޅު ތައިމޫރް އަލީ ޚާންއާއި ހަގު ދަރިފުޅު ޖެހް އަލީ ޚާން ވެސް ގޮވައިގެން އެ ދެމަފިރިން މިއަދު ރާއްޖެ އައީ ސައިފްގެ 51ވަނަ އުފަސް ދުވަސް ފާހަގަ ކުރާށެވެ. އެއީ މި މަހުގެ 16ވަނަ ދުވަސް ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ރާއްޖެ އައުމަށް ފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުޑައިރުކޮޅަކު މަޑު ކުރުމަށް އެމީހުން މިހާރު ވަނީ ލޯންޗެއްގައި ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓަށް ފުރައިފައި ކަމަށް މައުލޫމާތު ލިބެއެވެ.

ކަރީނާއާއި ސައިފްއަށް ދެވަނަ ދަރިއަކު ލިބުނު ފަހުން މިއީ އެދެމަފިރިން ރާއްޖެ އައި ފުރަތަމަ ފަހަރެވެ. ނަމަވެސް ދޮށީ ދަރިފުޅު ތައިމޫރްއާ އެކު މީގެ ކުރިން ވެސް އެ ދެމަފިރިން ވަނީ ރާއްޖެ އައިސްފައެވެ.

ރާއްޖެއަކީ ކަރީނާއާއި ސައިފްއަށް ވެސް ވަރަށް ހިތް ފަސޭހަ މަންޒިލަކަށް ވެފައިވާ އިރު، ސައިފްގެ ދޮށީ ދަރިފުޅު ސާރާ އަލީ ޚާންއަކީ ވެސް ވަރަށް ގިނައިން ރާއްޖެ އައިސްފައިވާ މީހެކެވެ.

Ads by Ooredoo
  1. ޢަލެ

    ދެން.އެމް ވީގެ މަރިޔަމް ވަހީދަ ސައިފްގެ ދަރިއަކަށް ބަނޑުބޮޑު ވެއްޖެ ކަމައް އަންގައިފި

  2. އިމްޔާލް

    ކަރީނާ ކަޕޫރު ވީމަ މާސްކް އަޅަން ވެސް ނުޖެހެނީތަ. މިވެރިން ސްޕާރސްޓާރުންނޭ ކިޔާފަ ނުޖެހޭ އަހަރުމެންގެ ރާއްޖެ އައިސް ހިތުހުރިގޮތަކަށް އުޅޭކަށް.