Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކަމަދޫ ކައުންސިލުގެ "ރަށްވެހި މަދަނަ" ޕްރޮގްރާމްގެ ދަށުން ރަށުތެރެ ސާފުކޮށްފި

ކަމަދޫ ކައުންސިލުގެ "ރަށްވެހި މަދަނަ" ޕްރޮގްރާމްގެ ދަށުން ރަށުތެރެ ސާފުކޮށްފި

ބ. ކަމަދޫ ކައުންސިލުގެ "ރަށްވެހި މަދަނަ" ޕްރޮގްރާމްގެ ދަށުން "ސާފު ކަމަދޫ"ގެ ނަމުގައި ރަށުތެރެ ސާފުކުރުމުގެ ހާއްސަ އިވެންޓެއް އިއްޔެ ކުރިއަށް ގެންގޮސްފިއެވެ.

"ދެން'އަށް މައުލޫމާތު ދެއްވަމުން ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވީ، މި ޕްރޮގްރާމްއަކީ ރަށުގެ އިޖުތިމާޢީ ގުޅުން ވަރުގަދަ ކުރުމަށާއި ތިމާވެށީގެ މައްސަލަތަކަށް ރައްޔިތުން އަހުލުވެރިކުރުވަން ހިންގުނު ޕްރޮގްރާމެއް ކަމަށެވެ.

"ޕްރޮގްރާމް ހިންގުނީ ރަށް ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށާއި ތިމާވެށީގެ މައްސަލަތަކަށް ރައްޔިތުން އަހުލުވެރިކުރުވަން. އަދި ރަށުގެ އިޖުތިމާޢީ ގުޅުން ވަރުގަދަ ކުރަން. އިވެންޓުން އިފްތިތާހް ކުރެވުނު
ސަރަހައްދުގައި ތިމާވެއްޓާ ރައްޓެހި ޝިއާރުތައް ލިޔެފައިވާ ބޯޑުތައް ވާނީ ބަހައްޓާފައި. އަދި ސިންގަލް ޔޫސް
ޕްލާސްޓިކް މަދުކުރުމަށް ފެންބުއިމަށް ޕްލާސްޓިކް ފުޅީގެ ބަދަލުގައި ސޮނެވާ ނަމޫނާއާއި ގުޅިގެން މި އިވެންޓައް ހާއްސަކޮށް ހޯދިފައިވާ ފެން ޑިސްޕެންސާވެސް އިވެންޓު ހިނގަމުންދިޔަ ސަރަހައްދުގައި ވާނީ ބަހައްޓާފައި" ޒަރީރު ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

[caption id="attachment_109436" align="alignnone" width="1280"]<img class="size-full wp-image-109436" src="https://cdn.dhen.mv/wp-content/uploads/2021/08/kamaDHJOO.jpg" alt="" width="1280" height="847" /> ފޮޓޯ: ކަމަދޫ ކައުންސިލް[/caption]

ޒަރީރު ވިދާޅުވީ މިހަރަކާތުގައި ރަށުގެ ފަރާއި ގޮނޑުދޮށް އަދި ރަށުގެ އެންމެހައި ހޭޅިތައް ވެސް ސާފުކޮށްފައިވާކަމަށެވެ. އަދި މިހަރަކާތް އިންތިޒާމުކޮށްފައި ވަނީ ކަމަދޫ ކައުންސިލްގެ ދަށުން ހިންގާ ރަށްވެހި މަދަނަ ޕްރޮގްރާމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ އެންމެހައި މުއައްސަސާތަކާއި ވިޔަފާރިތައް ގުޅިގެން ކަމަށް ވެސް ޒަރީރު ވިދާޅުވިއެވެ.

ކަމަދޫ ކައުންސިލުން ކުރިއަށް ގެންދިޔަ މި ހާއްސަ ޕްރޮގްރާމްގައި އެންމެހައި ރައްޔިތުން އަދި ރަށުގައި ޗުއްޓީހޭދަ ކުރަމުންދާ ޓުއަރިސްޓުންގެ އިތުރުން ރަށުން ޑައިވިން ކޯސް ފުރިހަމަކޮށްފައިވާ ގިނަ އަދަދެއްގެ ކަމަދޫ ޒުވާނުން ވެސް ވަނީ ބައިވެރިވެފައެވެ. އަދި މިހަރަކާތުގައި ޕަޑީ ޑައިވްގެ ރާއްޖެ ހިމެނޭ ރީޖަންގެ އިސް ބޭފުޅުންވެސް ބައިވެރިވެފައިވެއެވެ.

[caption id="attachment_109437" align="alignnone" width="1280"]<img class="size-full wp-image-109437" src="https://cdn.dhen.mv/wp-content/uploads/2021/08/KAMADHOO-2.jpg" alt="" width="1280" height="960" /> ފޮޓޯ: ކަމަދޫ ކައުންސިލް[/caption]

ކަމަދޫ ކައުންސިލްގެ ރަށްވެހި މަދަނަ ޕްރޮގްރާމަކީ ރައްޔިތުން އެކި ދާއިރާތަކަށް ހޭލުންތެރި ކުރުމާއި ރަށުގައި މީހުން ބިނާ ކުރުމަށް ކައުންސިލުން ފަށައިފައިވާ ޙާއްސަ ޕްރޮގްރާމެކެވެ

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް