"އޯޕަން ޕްލޭ ގްރައުންޑެއް " ނެތުމުން އެކްސެލް ސުކޫލުގެ ދަރިވަރަކު ވަކި ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތި ވެއްޖެ
ދަރިވަރަކަށް ބޭނުން ވަނީ "އޯޕަން ޕްލޭގްރައުންޑެއް"ކަމަށާއި އެ ފެސިލިޓީ ނެތް ކަމަށް ބުނެ އެކްސެލް ސުކޫލުގެ ދަރިވަރަކު އެސުކޫލުން ވަކި ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ދަރިވަރަށް ބޭނުން ވަނީ އޯޕެން ޕްލޭގްރައުންޑެއް އޮންނަ ބިންމަތިން ވަދެވޭ ގޮތައް ހުންނަ ކުލާސް ރޫމް ހުންނަ ސުކޫލެއް ކަމަށާއި އެ ފެސިލިޓީތައް އެސުކޫލުގައި ނެތްކަމަށް ބުނެ ވަކިކޮށްފައިވާ ދަރިވަރުގެ ބައްޕަ ސޯޝަލް މީޑިޔާގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާގެ 4 އަހަރުގެ ދަރިފުޅު ސުކޫލަށް ނުދާން ބޭނުންވީ އެންމެ ދުވަހަކު ކަމަށާއި ރޮވެ އަޑުގަދަކޮށް ހެދީ ވެސް އެންމެ ދުވަހަކު ކަމަށެވެ.
"އަޅުގަނޑުގެ 4 އަހަރުގެ ދަރިފުޅު މޫޑީވެ ސުކޫލަށް ނުދާން ބޭނުންވީ އިއްޔެ އެކަނި ރޮވެ އަޑުގަދަ ކުރީ އިއްޔެ އެކަނި. އަހަންނަކަށް ނޭނގެ އެކްސެލް ސުކޫލުން ދަރިފުޅު ވަކި ކުރަން ޖެހޭ ސަބަބެއް" ޝޯޝަލް މީޑިޔާގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވެއެވެ.
މިކަމާ ބެހޭ ގޮތުން އެކްސެލް ސުކޫލުގެ އެސިސްޓެންޓް ޕްރިންސިޕަލް މަރިޔަމް ހަބްލާ "ދެން"އަށް ވިދާޅުވީ އެމައްސަލައާ ބެހޭ ގޮތުން މީޑިޔާއަށް މައުލޫމާތު ހިއްސާ ކުރައްވަން ބޭނުން ނުވާ ކަމަށާއި އެކަންކަން ބެލެނިވެރިޔާއަށް ސާފުކޮށްދީފައި ވާނެކަމަށެވެ.
"ތި މައްސަލައާ ބެހޭގޮތުން މީޑިޔާއަށް މައުލޫމާތު ހިއްސާ ކުރާކަށް ބޭނުމެއް ނޫން. އެޑިއުކޭޝަނުން އެދެފި ނަމަ އެޑިއުކޭޝަނާ ހިއްސާ ކުރާނަން. އެކަމަކު ބެލެނިވެރިޔާއަށް ވާނީ ހުރިހާ މައުލޫމާތެއް ހިއްސާ ކޮށްފައި.ކަންކަން ވީގޮތް. އެމައްސަލައަކީ ބެލެނިވެރިޔާއާއި ކުއްޖާގެ ޕާރސަނަލް ކަމެއްވީމަ މީޑިޔާއަށް މައުލޫމާތު ދެވޭކަން ނެތް" ހަބްލާ ވިދާޅުވިއެވެ.
ދަރިވަރު ވަކިކޮށް ބެލެނިވެރިޔާއަށް އެކްސެލް ސުކޫލުން ފޮނުވައިފައިވާ މެސެޖުގައި ބުނެފައި ވަނީ ދަރިވަރަށް ބޭނުންވަނީ އޯޕެން ޕްލޭގްރައުންޑެއް އޮންނަ ބިންމަތިން ވަދެވޭ ގޮތަށް ހުންނަ ކުލާސް ރޫމް ހުންނަ ސުކޫލެއް ކަމަށާއި އެ ފެސިލިޓީތައް އެ ސުކޫލުގައި ނެތް ކަމަށާއި އެ ފެސިލިޓީތައް އެސުކޫލުގައި ނެތް ކަމަށެވެ. އެހެންކަމުން ދަރިވަރު ސުކޫލަށް ނުފޮނުވުމަށާއި ދަރިވަރަށް ދައްކައިފައިވާ ރެޖިސްޓްރޭޝަން ފީއާއި ސުކޫލުގެ މަހުފީގެ އިތުރުން ސްޓޭޝަނަރީ އަނބުރާ ބެލެނިވެރިޔާއަށް ރައްދުކޮށްދެވޭނެ ކަމަށެވެ.
ހެނދުނު ނާސްތާއަށް ވުރެ މުހިއްމު ތަަވަސް ސްކޫލުތައް. ÷ްރީ ސްކޫލް އަލިފާންޕޮއްޓެއްގައި..ޕްރައިމެރީ ސެކަނޑްރީ 30 ކުދިން ތިބޭ ކްލާހެއްގައި ފުރިބާރުވެފައި.