އިޖުތިމާޢީ

ކަނޑުހުޅުދޫ ސިއްޙީ މަރުކަޒުގެ ތަރުޖަމާނެއް ކޮވިޑް-19އަށް ފައްސިވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގއ. ކަނޑުހުޅުދޫ ސިއްޙީ މަރުކަޒުގެ ތަރުޖަމާނެއް ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

Ads by Sosun Fihaara

އެ މަރުކަޒުގެ މެނޭޖަރު މުމްތާޒް، މިކަން "ދެން" އަށް ކަށަވަރު ކޮށްދެއްވަމުން ވިދާޅުވީ ފައްސިވެފައި ވަނީ އެ މަރުކަޒުގެ ތަރުޖަމާނު ކަމަށާއި އޭނާއަކީ މެދު އުމުރުފުރާގެ މީހެއް ކަމަށެވެ.

މުމްތާޒް ވިދާޅުވީ ވަކި ތަރުތީބެއް ނެތި ނެގި 6 ސުންކެއްގެ ތެރެއިން 1 ސުންކު ކޮވިޑް-19އަށް ފައްސި ވެފައިވާ ކަމަށެވެ. އެސުންކު ފައްސިކަން އެނގުނީ މިރޭ 9:00ހާއިރު ކަމަށް ވެސް މުމްތާޒް ވިދާޅުވިއެވެ.

"ފައްސިވެފައި ވަނީ މަރުކަޒުގެ ތަރުޖަމާނެއް. އޭނާއާ އެއްތާވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން މިހާރު މި ގެންދަނީ." މުމްތާޒް ވިދާޅުވިއެވެ.

ކަނޑުހުޅުދޫން ފައްސި ވޭދަނައެއް ފެނިފައިވާކަން އެޗްޕީއޭއަށް މިހާރު އަންގައިފައިވާ ކަމަށާއި ރަށް މޮނީޓަރިންއަށް އަދި ނުލާ ކަމަށް ވެސް މުމްތާޒް މައުލޫމާތު ދެއްވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!