ޚަބަރު

ފުލޫ ސުންކެއް ފައްސިވެ އަލިފުށި މޮނިޓަރިންއަށް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރޯގާގެ އަލާމާތްތަކެއް ހުރެގެން ރ. އަލިފުށީ ފުލޫ ކުލިނިކަށް ދެއްކި ކުއްޖަކު ކޮވިޑް-19އަށް ފައްސިވެ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

Ads by Sosun Fihaara

"ދެން"އަށް މައުލޫމާތު ދެއްވަމުން އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާން ވިދާޅުވީ އެރަށުން ފައްސިވީ ކުޑަ ކުއްޖެއްކަމަށާއި މި ވޭދަނައާ ގުޅިގެން މިހާރު ކުރިއަށް ދަނީ ކޮންޓެކްޓް ޓްރޭސިންގެގެ މަސައްކަތް ކަމަށެވެ.

"އަލާމާތްތައް ހުރެގެން ފުލޫ ކުލިނިކަށް ދެއްކި ކުޑަ ކުއްޖެއް މި ވަނީ ފައްސިވެފަ. މިހާރު ކުރިއަށްދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް. އަދި އެއްވެސް ފިޔަވަޅެއް ރަށު ތެރޭ އަޅައިފައެއް ނުވޭ" އިމްރާން ވިދާޅުވިއެވެ.

އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައި ވަނީ ރޯގާގެ އަލާމަތްތައް ހުރެގެން އޮގަސްޓު 16 ވަނަ ދުވަހު ނެގި 26 ސުންކުގެ ތެރެއިން ސުންކެއް ކޮވިޑް-19އަށް ފައްސިވުމާ ގުޅިގެން ކަމަށެވެ.

ކޮވިޑް-19ގެ ވޭދަނަތައް ފެނި މޮނިޓަރިންއަށް ލާ ރަށްރަށުގެ އަދަދު ގިނަވަމުން ދާއިރު މިއީ މިއަދު މޮނިޓަރިންއަށް ލީ 3ވަނަ ރަށެވެ. މިއަދު މޮނިޓަރިންއަށް ލައިފައިވާ އަނެއް ދެރަށަކީ ގއ. ކަނޑުހުޅުދޫއާއި މ. މަޑުއްވަރީއެވެ. މިއާއެކު މިވަގުތު މޮނިޓަރިންއަށް ލައިފައިވާ ރަށްރަށުގެ ޖުމްލަ މިވަނީ 18އަށް އަރައިފައެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!