މާލޭގެ އިމާރާތެއްގެ މަތިން މީހަކު ވެއްޓިއްޖެ
މާލޭގެ އިމާރާތެއްގެ މަތިން މީހަކު ވެއްޓި އަނިޔާވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ވެއްޓިފައި ވަނީ އަންހެނެކެވެ. އޭނާ ވެއްޓުނީ އަމީނީ މަގަށްވާ ގޮތަށް ހުރި ހަދަމުންދާ އިމާރާތަކުން ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ވެއްޓެން ދިމާވި ސަބަބު އަދި އެނގިފައެއް ނުވެއެވެ.
އިމާރާތުގެ މަތިން ވެއްޓި އަނިޔާވި މީހާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުން އެބަދެއެވެ.
އަންހެން މީހާ ވެއްޓުނު ސަރަޙައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު މައުލޫމާތު ދެއްވައެވެ.
އެނގިފައިވާ ގޮތުގައި އަންހެން މީހާގެ ފަޔަށް ވަނީ ބޮޑު އަނިޔާއެއް ލިބިފައެވެ. އޭގެ އިތުރުން ލިބިފައިވާ އަނިޔާތަކުގެ ތަފްސް އަދި ލިބިފައެއް ނުވެއެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ވެސް އަދި ދެއްވައިފައެއް ނުވެއެވެ.